Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ޕަތާން" ގެ އާ ޕޯސްޓަރުތަކެއް

މި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ފިލްމު "ޕަތާން" ގެ ޓްރެއިލާ މާދަމާ އާންމުކުރަން ތައްޔާރުވަމުން ދަނިކޮށް، ފިލްމުގެ އާ ޕޯސްޓަރުތަކެއް މިއަދު ދައްކާލައިފި އެވެ.

އެގޮތުން މީގެ މައިގަނޑު ތިން ތަރިންގެ ޕޯސްޓަރުތަކެއް ވަކިވަކިން އާންމުކޮށްފައިވެ އެވެ. "ޕަތާން" ގެ ބަތަލާ އަކީ ދީޕިކާ ޕަދްކޯން އެވެ. އަދި ޖޯން އަބްރަހަމް ފެންނާނީ ފިލްމުގެ މައި ވިލަންގެ ރޯލުންނެވެ. "ޕަތާން" އަކީ 2019 ގެ "ވޯ" ގެނެސްދިން ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ.

ޝާހްރުކް ފުރަތަމަ ފަހަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ މި ފިލްމުގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ ހެނދުނު އެވެ. "ޕަތާން" ގެ ޓްރެއިލާ އާންމުކުރުން ލަސްވެގެން ވަރަށް ގިނަ ފޭނުން ޝަކުވާ ވެސް ކޮށްފައިވެ އެވެ.

އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ފިލްމުގެ ދެ ލަވައަކާއި ޓީޒާއެއް ކުރިން އާންމުކުރި އެވެ. އެގޮތުން ލަވަ "ބޭޝަރަމް ރަންގް" ވީ ވަރަށް މައްސަލަގަނޑު ބޮޑުވި ލަވައެކެވެ. އެހެންވެ ސެންސަރު ބޯޑުން އެއަށް އިސްލާހުތަކެއް ގެންނަން ވެސް "ޕަތާން" އުފެއްދި އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް އަންގާފައިވެ އެވެ.

"ޕަތާން" ގެ އިތުރުން މި އަހަރު ޝާހްރުކްގެ އިތުރު ދެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. އެއީ ޖޫންގައި ގެނެސްދޭނެ "ޖަވާން" އާއި ޑިސެމްބަރަށް އޮތް "ދުންކީ" އެވެ.