އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބ. އޭދަފުއްޓަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ރައީސް ވަނީ އެ ރަށުގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކޮށް ޕްރައިމަރީގައި އެ މަނިކުފާނަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ޕްރައިމަރީ ކާމިޔާބުކޮށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ އަށް އެއްބުރުން ކާމިޔާބުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނަން އަދި އެ ވެރިކަން ދަމަހައްޓައި ދޭނަން." ރައީސް ވިދާޅުވި އެވެ.
މާޅޮސްމަޑުލުދެކުނު ބުރީ އޭަދަފުއްޓަށް އެމްޑީޕީގެ އިސްލީޑަރު، ރައީސް އިބޫ ވަޑައިގަތުމުން ރަންރީނދުލުގެ ހޫނު މަރުހަބާއެއް.#MDPKuriah #Ibu2023 pic.twitter.com/bWrYPAeyFI
— MDP Kuriah (@MDPKuriah) January 9, 2023
ބ. އަތޮޅުގެ ކެމްޕޭން ދަތުރުގެ ތެރެއިން ރައީސް އެ އަތޮޅުގެ ދަރަވަންދު އަށް ވަޑައިގެން ހަރުގެ ޖަލްސާއެއް ވެސް ބާއްވަވާނެ އެވެ.
އެމްޑީޕީގެ އިސްލީޑަރު، ރައީސް އިބޫ ބ.އޭދަފުށީ އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރެއްވުން.#MDPKuriah #Ibu2023 pic.twitter.com/fDZadjYGce
— MDP Kuriah (@MDPKuriah) January 9, 2023
ރައީސް މިއަދު ބ. އަތޮޅަށް ވަޑައިގަންނެވީ އިއްޔެ ޅ. އަތޮޅަށް ވެސް ވަޑައިގެންނެވުމަށް ފަހު އެވެ. އެގޮތުން އުފަން ރަށް ހިންނަވަރުގެ އިތުރުން އެ އަތޮޅުގެ ބައެއް އެހެން ރަށްތަކަށް ވެސް ވަޑައިގެންނެވި އެވެ. ކެމްޕޭން ދަތުރުގެ ތެރެއިން ރައީސް ވަނީ ނ. އަތޮޅާއި ރ. އަތޮޅަށް ވެސް ވަޑައިގެންފަ އެވެ.
އޭދަފުށި މެންބަރުން ގަދަކޮށް ރައީސް އިބޫ އާއެކު.#MDPKuriah #Ibu2023 pic.twitter.com/ZD5lBN26Yb
— MDP Kuriah (@MDPKuriah) January 9, 2023
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ. އޭގައި ވާދަކުރައްވަނީ ރައީސާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.