ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗަކަށް ރޮބާޓޯ މާޓިނޭޒް ހަމަޖައްސައިފި އެވެ.
ޕޯޗުގަލްގެ ކޯޗުކަމުގެ މަގާމު ހުސްވީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށްފަހު އެ މަގާމުގައި ހުރި ފެނާންޑޯ ސަންޓޯސް މަގާމުން އިސްތިއުފާ ދިނުމުންނެވެ.
މާޓިނޭޒް ،49، އެންމެފަހުން ހުރީ ބެލްޖިއަމްގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު ކަމަށްވާއިރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އެޓީމު ކެޓުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އެއީ 1998 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓި ފުރަތަމަ ފަހަރެވެ.
Um novo 𝗟𝗶́𝗱𝗲𝗿 ao serviço de Portugal 🇵🇹: bem-vindo, Mister Roberto Martínez! 🤝 #VesteABandeira
A new 𝗟𝗲𝗮𝗱𝗲𝗿 at 🇵🇹 service: welcome, Coach Roberto Martínez! 🤝 #WearTheFlag pic.twitter.com/TCDe3yzJr9
— Portugal (@selecaoportugal) January 9, 2023
ބެލްޖިއަމްގެ ކޯޗުކަމުގައި މާޓިނޭޒް ހޭދަކުރި މުއްދަތުގައި ބެލްޖިއަމުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ ހޯދާފަ އެވެ.
ޕޯޗުގަލްގެ ކޯޗުކަމުގެ މަގާމުގައި ކުރިން ހުރި ސަންޓޯސް ވަނީ އެ މަގާމުގައި 8 އަހަރު ހޭދަކޮށްފަ އެވެ. އެ 8 އަހަރުތެރޭ ޕޯޗުގަލް އިން ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް އަދި ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕް ޕޯޗުގަލް ނިންމާލީ ކުއާޓާފައިނަލާ ހިސާބުންނެވެ.
ޕޯޗުގަލް އަށް ކުރިއަށް ދެން އޮންނާނީ 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން އެވެ. ކޮލިފައިން މެޗުތައް އަންނަ މާޗުގައި ފަށާނެ އެވެ.