Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ފުވައްމުލަކުގައި ސްކޭޓިން ޕާކެއް ހަދަނީ

ފުވައްމުލަކުގައި ސްކޭޓިން ޕާކިންއެއް ހަދަން ނިންމައި އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ޔޫތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ އެތަން ޑިޒައިންކޮށް ހަދައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ފުވައްމުލަކުގައި ހަދަން ނިންމާފައި ވަނީ 4،500 ފޫޓްގެ ސްކޭޓިން ޕާކެކެވެ.

މިތަން ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅާ އިރު، ކޮންމެ ފަރާތަކަށް ވެސް ހުށަހެޅީ އެއް ޕްރޮޕޯސަލެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000ރ. ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ މަހެކެވެ. ޔޫތު މިނިސްޓްރީން ބުނީ ޕަފޯމަންސް ގެރެންޓީގެ ގޮތުގައި މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދެ ޕަސެންޓްގެ ގެރެންޓީއެއް ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.