Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އުތުރާއި މެދު ރާއްޖެތެރެ އަށް ވައި ނުސާފު

މެޓް އޮފީސް

ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދައްވެފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން މިކަން ހާމަކޮށް ބުނެފައިވަނީ، އާންމު ގޮތެއްގައި ސާފު ދުވެހެއްްގައި ހަމަ ލޮލަށް 10 ކިލޯމީޓަރަށް ވުރެ ދުރު ފެންނާނެ ކަަމަށެވެ. ނަމަވެސް ފައީތުވި 24 ގަޑިއިރު ހާއްސަކޮށް މެދު ރާއްޖެތެރެއަށް މި މިންވަރު ހުރީ 4 ކިލޯމީޓަރު ދަށްވެފައި ކަމަށް އެއޮފީހުން ބުނެއެވެ. މިގޮތަށް ދިމާވެފައިވަނީ މިދުވަސް ވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އުތުރާއި މެދު ރާއްޖޭގައި ހުރި އޮބްސަވޭޓަރީތަކުން ފާއިތުވި ދުވަސްތަކުގައި ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށް ރިޕޯޓު ކުރެއެވެ. ދުރު ފެންނަވަރު ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން ދައުރެއް އަދާ ކުރާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މިފަދަ ހާލަތްތަކުގައި ފުއްޕާމެއާއި އެހެނިހެން ސިއްޙީ މައްސަލަތައް ހުންނަ ފަރާތްތަކުން ބޭރުގައި އުޅުން މަދުކޮށް، ބޭރުގައި އުޅޭ ފަރާތްތަކުން މާސްކް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.