Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

އަލިފާނުގެ ހާދިސާތައް އިތުރުވާތީ މަވޯޓާގެ ސުވާލެއް

ފަހަކަށް އައިސް ރާއްޖޭގައި އަލިފާނުގެ ބޮޑެތި ހާދިސާތައް އިތުރުވަމުންދާތީ މިއީ އިއްތިފާގަކުން ވާކަމެއްތޯ މަރަދޫ ދާއިރާގެ މަލިޖިސް މެމްބަރު އިބްރާހީމް ޝަރީފް މަވޯޓާ) ސުވާލު އުފައްދަވައިފި އެވެ.

އިއްޔެ މާލޭގެ ނީލަން ފިހާރައިގައި ރޯވެ އެތަނާ އިންވެގެން ހުރި އެކޮމޮޑޭޝަން ބްލޮކްތަކެއްގައި ރޯވެ އަނދައި އަޅިއަށްވެފައިވާތީ މަވޯޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ހާދިސާތައް އިތުރުވަމުން ދިއުމަކީ ސަރުކާރަށް ވެސް އުފުލަން ޖެހިފައިވާ ބޮޑު ބުރައެއް ކަމަށެވެ.

"ރާއްޖޭގެ އެތަން މިތަނުގައި މި ދުވަސްވަރާ ދިމާކޮށް ރޯވަމުން ދިއުމަކީ ހަމަ އިއްތިފާގެއް ބާ؟" ކުރިން ވެސް އިންތިހާބުތަކާ ދިމާކޮށް އަދި ސިޔާސީ ބޭނުމަށް މިފަދަ ހާދިސާތައް ހިންގާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ. "ވިސްނާލަން ޖެހޭ ކަމެއް. މިތަންތަނުގެ ވެރިންނަށް ލިބޭ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް އިތުރަށް މިއީ ސަރުކާރަށް ވެސް އުފުލަން ޖެހޭ ވަޒަން ވެސް ނުކުރެވޭ ވަރުގެ ބޮޑު ބުރައެއް."

މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ތަކުރާރުވަމުންދާތީ މިއީ ގަސްތުގައި ކުރާ ކަމެއްތޯ ބެލުމަށް ފުލުހުން މިހާރު އަންނަނީ ބޭރުގެ ތަޖުރިބާރު ޓީމެއް ވެސް ގެނެސްގެން، އަލިފާނުގެ ހާދިސާތައް ތަހުގީގުކުރަންް ބޮޑު ތަހުގީގެއް ފަށައިފަ އެވެ.