Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޔަސްރިފް ހައުސިންގެ ޑެޕިއުޓީ މިނިސްޓަރަކަށް

އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފި އެވެ.

އެނގިފައިވާ ގޮތުގައި އޭނަ އަށް ހައުސިން މިނިސްޓްރީގެ އިސް މަގާމެއް ދީފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އައްޑޫ ސިޓީ ކައުންސިލްގެ ތިން ވަނަ ދައުރުގައި ޑެޕިއުޓީ މޭޔަރުކަން ކުރެއްވުމަށް ފަހު ފަހުން، ޔަސްރިފް ހުންނެވީ ކައުންސިލް އިދާރާގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

އައްޑޫގައި މަސައްކަތްކުރާ ގޮތަށް ޔަސްރިފަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ދިން އިރު، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަކީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. އޭނަ އެ މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރު އެވެ.

ސޯބެ އާއި ޔަސްރިފަކީ ވެސް އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނެވެ.