Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ބްރެޒިލްގެ މުޒާހަރާތަކުން 1،500 މީހަކު ހައްޔަރަށް

ބްރެޒިލްގެ އާ ރައީސް ލޫލާ ޑަ ސިލްވާގެ މަގާމުގެ ހުވާކުރެއްވިތާ ހަފުތާއްހާ ދުވަސް ފަހުން ކުރީގެ ރައީސް ރައީސް ޖައީ ބޮލްސޮނާރޯގެ ސަޕޯޓަރުން ސައޮ ސައޮ ޕޯލޯގައި ފެށި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން 1،500 އެއްހާ މީހުން ހައްޔަރުކޮށްފި އެވެ.

ބަލި ގަބޫލުރައްވަން ދެކޮޅު ހެއްދެވި ބޮލްސޮނާރޯގެ ސަޕޯޓަރުން ވަނީ އާދިއްތަ ދުވަހު މަގުތަކަށް ނުކުމެ ރިޔާސީ ގަނޑުވަރާއި ސްޕުރީމް ކޯޓްގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ އިދާރާ ފަދަ ތަންތަނަށް ވަދެގެންފަ އެވެ. އެތައް ހާސް ބަޔަކު ނުކުމެ އާ ރައީސާ ދެކޮޅަށް މުޒާހަރާ ކރަން ފެށުމާ އެކީ ސަލާމަތީ ބާރުތަކުން ނުކުމެ، މުޒާހަރާތައް ކޮންޓްރޯކުރަން މަސައްކަތް ފެށި އެވެ. އެގޮތުން އާންމުންނާއި ސަލާމަތީ ބާރުތަކާ ދެމެދި ކުރިމަތިލުންތައް ވެސް ހިނގާފައިވެ އެވެ.

ލޫލާ ވަނީ މުޒާހަރާ ކުށްވެރިކޮށް އެކަން ޓެރަރިސްޓް އަމަލެއްގެ ގޮތުގައި ސިފަކރައްވައިފަ އެވެ.

ބޮލްސޮނާރޯގެ ސަޕޯޓަރުން ނުކުމުގެ ހަލަބޮލިކޮށްފައިވާ އިރު، ލޫލާ މަގާމުގެ ހުވާ ކުރައްވަން އޮތް ދުވަހާ ދިމާކޮށް މި މަހުގެ 1 ގައި ކުރީގެ ރައީސް ވަނީ އެމެރިކާ އަށް ވައިގެންފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ބަނޑުގެ މައްސަލައަކާ ގުޅިގެން ބޮލްސޮނާރޯ އިއްޔެ ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ވެސްކޮށްފަ އެވެ.

އަލުން ވެރިކަމަށް ވަޑައިގެންނެވި ލޫލާ އަކީ 2003-2010 އަށް ވެސް ބްރެޒިލްގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ.