އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން އިވެންޓެއް މިރޭ މާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސްގެ ކެމްޕޭން ޓީމުން އެ މަނިކުފާންގެ މާލޭގެ ކެމްޕޭން ޓީމްތަކާ އެކީ ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ދަރުބާރުގޭގައި ކަމަށެވެ.
Male City ge MDP Memberunnai Male ge campaign team thakaai eku Raees @ibusolih ge bahdhaluvumeh Mirey 8:30 gai Dharubaaruge Faashanaa Maalamugai#MDPKuriah #Ibu2023 pic.twitter.com/3uIWDHNtHM
— MDP Kuriah (@MDPKuriah) January 10, 2023
ރައީސް މިހާރު ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، މި ހަފުތާގައި ރ، ނ، ޅ އަދި ބ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވާފައިވެ އެވެ. ރައީސް އެންމެ ފަހުން އިއްޔެ ވަޑައިގެންނެވީ ބ. އަތޮޅަށެވެ. އަދި މިއަދު އެ މަނިކުފާނު މާލެ ވަޑައިގަންނަވާނެ އެވެ.
ރައީސް އަތޮޅުތަކުގައި ކެމްޕޭން ފެއްޓެވީ މިދިޔަ ބުރާސްފަތި ދުވަހު ރަސްމީ ދަތުރެއްގައި ރ. އަލިފުއްޓަށް ވަޑައިގެން އެ ދަތުރަށް ފަހު އެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވަނީ މި މަހުގެ 28 ގަ އެވެ. އޭގައި ވާދަކުރައްވަނީ ރައީސާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.