ޖީއެސްޓީ ބޮޑުކުރުމާ ގުޅިގެން މިހާރު ޕިއްޒާގެ އަގު ވެސްް ބޮޑުވެއްޖެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖީއެސްޓީ މި މަހުގެ 1 އިން ފެށިގެން 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމުން މި އަހަރު ފެށުމާ އެކީ ތަކެތީގެ އަގުން އެވްރެޖްކޮށް 10 ޕަސެންޓް ބޮޑުވެއްޖެ ކަމަށެވެ.
"ކުރިން ސަތޭކަ ރުފިޔާ އަށް ލިބޭ ޕިއްޒާ މިހާރު ލިބެނީ ސަތޭކަ ތޭރަ ރުފިޔާ އަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ. "މިއީ ޖީއެސްޓީ ބޮޑުކުރުމުގެ ނަތީޖާ."
Miaharuge thereygai thaketheege agu average koh 10% boduvejje! Kurin Mrf 100 ah libey pizza mihaaru libenee Mrf 113 ah. Miee GST bodukurumuge natheejaa. Mihenvaanekan GST bodukurumugekurin @governmentmv aai @mvpeoplesmajlis ge samaalukamah genain. Mi bura PPM in filuvaidheyne IA.
— Adam Shareef Umar (@Adamshareefz) January 9, 2023
އޭނަ ވިދާޅުވީ މިކަން މިގޮތަށް ވާނެކަން އެނގޭތީ މިކަން ކުރިން ވެސް ސަަރުކާރާއި މަޖިލީހުގެ ސަމާލުކަމަށް ގެންނެވ ކަމަށެވެ. ސަރުކާރުން ވަނީ ޖީއެސްޓީގެ އިތުރުން ޓީޖީއެސްޓީ ވެސް ބޮޑުކޮށްފަ އެވެ. އެއީ 12 ޕަސެންޓުން 16 ޕަސެންޓަށެވެ.
"[އެކަމަކު] މި ބުރަ ޕީމީއެމުން ފިލުވައިދޭނެ." އާދަމް ޝަރީފް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް މިދިޔަ މަހު ވަނީ 11 އަހަރުގެ ޖަލު ހުކުމަކާ އެކީ ޖަލަށް ލައިފަ އެވެ.