Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަނީ

ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަން އިއުލާންކޮށްފި އެވެ.

އެ ކޯޓުން ބުނީ އެ މަގާމުތަކަށް ޝައުގުވެރިވާ ގާޒީންނަށް އެޕްލައިކުރުމުގެ ފުރުސަތު މި މަހުގެ 24 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ގާޒީންގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ހިމެނެ އެވެ.

ގާޒީންގެ އަސާސީ މުސާރަ އަކީ މަހަކު 30،000ރ. އަދި އެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. އާއި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. ލިބޭނެ އެވެ.