ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިހާރުގެ ސީއީއޯ ކާލް ސްޓުމްކަ އައްޔަންކޮށްފި އެވެ.
ގައުމީ ބޭންކުގެ ސީއީއޯގެ މަގާމާ އޭނާ ހަވާލުވެ ވަޑައިގަތީ މިދިޔަ އޮކްޓޯބަރު މަހުގެ 23 ގައެވެ. އަދި މިހާރު ސަރުކާރުގެ ފަރާތުން ވަނީ ކާރލް ބީއެމްއެލް ބޯޑަށް އައްޔަންކޮށްފަ އެވެ. ކާލް ބީއެމްއެލްގެ އެމްޑީގެ މަގާމަށް އައްޔަންކުރީ ބޭންކުގެ ހާއްސަ ގޮތުން ކުރި އާންމު ޖަލްސާ އަށް ފަހު އޮތް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގަ އެވެ.
ކާލް އަކީ މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ޤައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑުލެވެލްގައި 36 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ބީއެމްއެލްއާ ގުޅިވަޑައިގަތުމުގެ ކުރިން ހުންނެވީ ޔޫއޭއީގެ އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގަ އެވެ.