ކްރެޑިޓް ކާޑުގެ ބަދަލުގައި އުރީދޫގެ މޯބައިލް ބެލެންސް ބޭނުންކޮށްގެން "ކާޓީ ސްޓޯރު"ގެ ގިފްޓް ކާޑާއި ގޭމިން ކޯޑު ލިބޭ ގޮތް އެ ކުންފުނިން ހަމަޖައްސައިފި އެވެ.
އުރީދޫ އިން ބުނީ ކްރެޑިޓް ކާޑުގެ ބަދަލުގައި އުރީދޫ މޯލްޑިވްސްގެ މޮބައިލް ބެލެންސް ބޭނުންކޮށްގެން ކާރޓީ ސްޓޯރ މެދުވެރިކޮށް ގޭމިންގ، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ، ޕްލޭސްޓޭޝަން، އެކްސް ބޮކްސް، ނެޓްފްލިކްސް، ސްޕޮޓިފައި، ޕަބްޖީ، ލީގް އޮފް ލެޖެންޑްސް، ވޯލްޑް އޮފް ވޯކްރާފްޓް ފަދަ އީކޮމާސް އަދި ގޭމިންގ ޕްލެޓްފޯމް ތަކުގައި ބޭނުންކުރުމަށް ފަސޭހަކަމާއެކު ގިފްޓް ކާޑު ގަނެވޭނެ ކަމަށެވެ.
އުރީދޫ އާއި ކާރޓީގެ މި ޕާޓްނަޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ ކާރޓީ ސްޓޯރ އިން ތަކެތި ގަތުމުގެ ފަސޭހަކަން ލިބިގެންދާނެ އެވެ.
އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބިލުގައި ހިމަނާގޮތަށް ހިދުމަތް ހޯއްދޭނެ ކަމަށާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް މޮބައިލް ބެލެންސް ގައި ހުރި އަދަދަކުން ކާރޓީ ސްޓޯރ އިން ތަކެތި ގަނެވޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.
ކާރޓީ ސްޓޯރ އަށް ސައިން އަޕް ކުރުމަށް:
1.އިންޓަނެޓް ބްރައުޒާގައި www.kartistore.com ޖައްސަވާ
2. ރެޖިސްޓާ ކުރުމަށް ސައިންއަޕް ލިންކަށް ފިއްތާލާ
3. ރެޖިސްޓްރޭޝަން ފުރިހަމަވުމުން އެކްޓިވޭޓް ކުރުމަށް ލިބޭ އީމެއިލް ގައިވާ ލިންކަށް ފިތާލާ
4. އެކައުންޓް އެކްޓިވޭޓް ވުމުން ކާރޓީ ޕްލެޓްފޯމަށް ލޮގިން ކުރެވޭނެ
5. ލޮގިން ކުރެވުމުން ކާރޓީ ކާޑު ގަތުމަށް "ބައި އަ ކާޑް" ލިންކަށް ފިތާލާ
ކާރޓީ ކާޑު ގަތުމަށް:
1. ބޭނުންވާ ބްރޭންޑް އިޚްތިޔާރު ކުރުން
2. ބޭނުންވާ އަދަދު އިޚްތިޔާރު ކުރުން
3. މޯބައިލް ނަންބަރު ޖެހުމަށްފަހު ޕާޗޭސް އަށް ފިއްތާލުން
4. ޕާޗޭސް ފުރިހަމަ ކުރުން ޔަގީން ކުރުމަށް ޕިން ނަމްބަރެއް މޯބައިލް ފޯނަށް ލިބިގެންދާނެ
5. ޕިން ނަންބަރު ޖަހައި ކޮންފާމް އަށް ފިއްތާލާ
6. ޕިން ނަންބަރު ރަނގަޅަށް ޖެހެމުން ގަތް ކާޑު މައި ކާޑްސް އިން ފެންނާނެ
އިތުރު މައުލޫމާތް ހޯދުމަށް: http://ore.do/karti