Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ކައްދޫ އެއާޕޯޓްގެ ތަރައްގީ އަށް ފައިނޭންސް ހޯދަނީ

ލ. ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ފައިނޭންސް ހޯދަން ހުޅުވާލައިފި އެވެ.

މިއީ ކްރޮސް ސަބްސިޑީގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދައިގެން ހިންގާ މަޝްރޫއެއް ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައި އެކަން އިއުލާންކުރެއްވީ އިއްޔެ ނެރުއްވި ގަރާރެއްގަ އެވެ. މި މަޝްރޫއަށް ފައިނޭންސް ކުރަން ޖެހޭ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާ އެވެ.

ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަކީ ރައީސް ސޯލިހުގެ 2018 ގެ ރިޔާސީ ވައުދެކެވެ. މި އެއާޕޯޓަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް އެއާޕޯޓެވެ.

ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން ރާއްޖޭގެ ހަ ސަރަޙައްދެއްގައި އެއާޕޯޓް އެޅުމުގެ މަޝްރޫއުތަކަށް ހަރަދުކުރަން ޖެހޭ އެންމެ ދަށް މިންވަރަކީ 3 މިލިއަން ޑޮލަރެވެ.

ގަރާރުގެ ދަށުން ވަނީ ގިރާވަރުފަޅު ހިއްކައި އެ ތަނުގައި ރެސިޑެންޝަލް ސިޓީއެއް ޤާއިމްކުރުމަށް ވެސް ނިންމައިފަ އެވެ. އެކަމަށް ހަރަދު ކުރަން ޖެހޭ އެންމެ ދަށް މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 5 މިލިއަން ޑޮލަރެވެ.