Last Updated: May 15, 14:33
Wednesday, May 15, 2024
ޚަބަރު

ރައީސް ސޯލިހު މާދަމާ އައްޑު އަށް

ރައީސް މިދިޔަ އަހަރުގެ މާޗްގައި އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިން.

އެމްޑީޕީގެ ޕްރައިމަރީ އަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ރަސްމީ ދަތުރެއްގައި އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ފޭދޫ ސްކޫލްގެ 50 ވަނަ އަހަރީ ދުވަހުގެ ހާއްސަ ރަސްމިއްޔާތަށް ކުރައްވާ ދަތުރުފުޅެކެވެ. އެ މަނިކުފާން އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރުގެ ވަގުތެއްގަ އެވެ.

ރައީސް އައްޑު އަށް ކުރައްވާ ދަތުރުފުޅުގައި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑު ލޯ އެންފޯސްމަންޓުގެ 34 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެޑައިގަންނަވަން ހަމަޖެހިފައިވެ އެވެ.

ރައީސް އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗްގަ އެވެ.

ރައީސް އައްޑު އަށް ވަޑައިގަންނަވާ އިރު އެ މަނިކުފާންގެ ކެމްޕންގެ ތެރެއިން މި ހަފުތާގައި ބައެއް އަތޮޅުތަކުގައި ކެމްޕޭން ކުރައްވާފައިވެ އެވެ. އެގޮތުން އިއްޔެ އިއްޔެ މާލެ ވަޑައިގެންނެވީ ރ، ނ، ޅ އަދި ބ. އަތޮޅުގައި މި ހަފުތާގައި ކެމްޕޭން ކުރެއްވުމަށް ފަހު އެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ. އޭގައި ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރައްވަ އެވެ. ކެމްޕޭނަށް ނަޝީދު މި މަހުގެ 23 ގައި އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.