Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ދައުލަތުގެ ރިޒާވް 800 މިލިއަން ޑޮލަރަށް އަރައިފި

ދައުލަތުގެ ރަސްމީ ރިޒާމް 827 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ އިން އާއްމުކޮށްފައިވާ ހިސާބު ދައްކާ ގޮތުން 2022 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ވަނީ 827.7 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ ދައުލަތުން ލަފާ ކުރި 632 މިލިއަން ޑޮލަރަށް ވުރެ 200 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް އިތުރުވެފައިވަނީ ޓުރިޒަމުން ލިބުނު އާމްދަނީ އާއި ބޭރުގެ އެހީ އަދި ޓެކްސްގެ އާމްދަނީ އިތުރުވުމުންނެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ދައުލަތުގެ ރިޒާވް ހިފެހެއްޓުމަށް އިންޑިއާއިން 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖައްސާފައެވެ.

މިއަހަރު ދައުލަތުގެ ރިޒާވް އެންމެ މައްޗަށް ގޮސްފައިވަނީ މާޗު އަދި އެޕްރީލްގައެވެ. މާޗު މަހު ރިޒާވް 862 މިލިއަން ޑޮލަރަށް އެރި އިރު އެޕްރީލް މަހު ރިޒާވް ހުރީ 829 މިލިއަންގައެވެ. މާޗު މަހު ދައުލަތުގެ ރިޒާމް މަތިވި އިރު އެ މަހަކީ މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި މަހެވެ. ހިސާބު ތަކުން ދައްކާ ގޮތުގައި އެ މަހު ރާއްޖެއަށް 150 ހާސް ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ހުރީ 805 މިލިއަންގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ދައުލަތުގެ ރިޒާވް ވަނީ އިތުރުވެފައެވެ. އެމަނިކުފާން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ދައުލަތުގެ ރިޒާވް ހުރީ 712 މިލިއަން ޑޮލަރުގައެވެ.