Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ކާތިކް ފިލްމު ޕްރޮޑިއުސަރަކަށް

ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް މިހާރު ފިލްމު ޕްރޮޑިއުސަރަކަށް ވެސް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އަންނަ މަހުގެ 10 ގައި ރިލީޒްކުރާ އޭނަގެ ފިލްމު "ޝެހެޒާދާ" ގައި 32 އަހަރުގެ އެކްޓަރު ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ކަމަށެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ. "ޝެހެޒާދާ" ގެ ވިކިޕީޑިއާ ޕޭޖްގައި ވެސް ފިލްމުގެ ޕްރޮޑިއުސަރުންގެ ލިސްޓަކު ކާތިކްގެ ނަމެއް ނެތެވެ. އޭނަ އަކީ ބޮލީވުޑައި މިހާރު އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ކާމިޔާބު އެއް އެކްޓަރެވެ.

"ޝެހެޒާދާ" ގެ ޕްރޮޑިއުސަރުންގެ ކްރެޑިޓް ދީފައި ވަނީ ޓީ ސީރީޒްގެ ބުޝަން ކުމާރާއި ކްރިޝަން ކުމާރާއި "ޝެހެޒާދާ" ގެ އޮރިޖިނަލް ފިލްމު "އާލަ ވައިކުންތަޕުއްރަމުލޫ" ކުޅުނު ތެލެގޫ އެކްޓަރު/ޕްރޮޑިއުސަރު އައްލޫ އަރުޖުން އިތުރުން އަމަން ގިލްއަށެވެ.

މީޑިއާތަކުން ބުނި ގޮތުގައި "ޝެހެދާޒާ" ގައި ކާތިކް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާކަން ކަށަވަރުކޮށް ދޭނީ ފިލްމު ސިނަމާތަކަށް ގެންނަ އިރު، ގެނެސްދޭ ކްރެޑިޓްތަކާ އެކީގަ އެވެ. މި ފިލްމުގެ ޓްރެއިލާ މާދަމާ އާންމު ކުރަން އަންނަނީ ތައްޔާރީތައްވަމުންނެވެ.

"ޝެހެޒާދާ" ގެ ޑައިރެކްޓަރަކީ އެކްޓަރު ވަރޫން ދަވަންގެ ބޭބެ ރޯހިތު ދަވަނެވެ. މިއި އޭނަގެ ތިން ވަނަ ޑައިރެކްޝަނެވެ. "ޝެހެޒާދާ" ގެ ކާސްޓްގައި ކްރިތީ ސެނަން، މަނީޝާ ކޮއިރަލާ، ޕަރޭޝް ރާވަލް އަދި ރޯނިތު ރޯއި ހިމެނެ އެވެ.