Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ތާޕްސީގެ ފިލްމެއްގެ ދެވަނަ ބައި ހަދަނީ

އިންޑިއާގެ ބަަތަލާ ތާޕްސީ ޕައްނޫގެ ފިލްމު "ހަސީން ދިލްރުބާ" ގެ ދެވަނަ ބައެއް ހަދަން ނިންމައި، އޭގެ ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

މި ފަހަރުގެ ފިލްމަށް ދީފައިވާ ނަމަކީ "ޕިރު އާއީ ހަސީން ދިލްރުބާ" އެވެ. މީގެ ފުރަތަމަ ބައި 2021 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި އިރު، ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. ވިނިލް މެތިއު ޑައިރެކްޓްކުރި ރޮމޭންޓިކް ތުރިލާގެ ބަތަލުންނަކީ ވިކްރާންތު މަސީ އާއި ހާޝްވަރުދަން ރާނޭ އެވެ.

"ހަސީން ދިލްރުބާ" ގެ ސްކްރީންޕްލޭ ލިޔުނީ ކަނިކާ ދިލަން އެވެ. އަދި ދެވަނަ ބައި ވެސް ލިޔަނީ އޭނަ އެވެ.

މި ފަހަރު ފިލްމު ޑައިރެކްޓްކުރާނީ ޖޭޕްރާދު ދެސާއީ އެވެ. އެކަމަކު އަދި ފިލްމުގެ އިތުރު ކާސްޓުންނާއި ޝޫޓިން ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އިއުލާނެއް ނުކުރެ އެވެ.

މިދިޔަ އަހަރު ތާޕްސީގެ ހަ ފިލްމެއް ރިލީޒްވި އިރު، އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން އޭނަގެ ފިލްމަކީ އަލަށް ޕްރޮޑިއުސްކޮށް، ކުޅުނު ހޮރޯ ތުރިލާ "ބްލާ" އެވެ. މި އަހަރު ރިލީޒްވާން ހުރި ތާޕްސީ، 35، ގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް ޝާހްރުކް ޚާންގެ "ދުންކީ" އެވެ.