ހޮލީވުޑްގެ މާވެލް ޔުނިވާސްގެ ފިލްމަކަށް ވަރަށް އުންމީދުކުރެވޭ ކަމަށާއި އަޔަން މޭންގެ ކެރެކްޓާ ވަރަށް ކަމުދާ ކަމަށް އިއްޔެ ބޭއްވި 80 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގައި އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑް ހޯދި ފިލްމު "އާރްއާރްއާރް" ގެ ބަތަލު އެންޓީއާރް ޖޫނިއާ ބުނެފި އެވެ.
އެ އެވޯޑް ހަފުލާގެ ރެޑް ކާޕެޓްގައި ވެރައިޓީ އަށް ދިން އިންޓަވިއުއެއްގައި މަޝްހޫރު ތެލެގޫ އެކްޓަރު ބުނީ "އަޔަން މޭން" ގެ ކެރެކްޓާ އަކީ އޭނައާ ވަރަށް ރިލޭޓް ވެސް ކެރެކްޓާއެއް ކަމަށެވެ.
#JrNTR #RRRMovie is making us proud! @tarak9999 at the Red carpet of #GoldenGlobes2023 ! The world is cheering for our Indian Film! 🔥❤️ #RRR #SiddharthKannan #SidK pic.twitter.com/2b9OlgGqQ0
— Siddharth Kannan (@sidkannan) January 11, 2023
"އެހެންވެ އެ ރޯލު ކުޅެން ލިބުމަކީ ކުރެވޭ ވަރަށް ބޮޑު އުންމީދެއް. ހާއްސަކޮށް މާވެލްގެ އުފެއްދުމުގައި ހިއްސާވުމުގެ ޝައުގުވެރިކަން ބޮޑު." ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެންޓީއާރް، 39، ބުންޏެވެ.
އިންޑިއާގެ ފިލްމީ ތަރިން ހޮލީވުޑަށް ދިއުމަކީ މިހާރު އާ ކަމެއް ނޫނެވެ. އަދި މާވެލް ސްޓޫޑިއޯސްގެ އުފެއްދުމަކަށް އުންމީދު ކުރުމަކީ ވެސް ބަޔަކު ފާޑުކިޔަން ވެސް ޖެހޭ ވަރުގެ ކަމެއް ނޫނެވެ. މިދިޔަ އަހަރު މާވެލް އިން ގެނެސްދިން "މިސިޒް މާވެލް" ގައި އިންޑިއާގެ ފަންނާނުންތަކެއް މަސައްކަތްކުރި އެވެ. އެގޮތުން ޑައިރެކްޓަރު/އެކްޓަރު ފަރުހާން އަޚްތަރާއި މޯހަން ކަޕޫރް އޭގެ ރޯލުތަކެއް ކުޅެފައިވެ އެވެ.
އެންޓިއާރްގެ "އާރްއާރްއާރް" މި އަހަރުގެ ގޯލްޑެން ގްލޯބްސްގެ ދެ ކެޓަގަރީއަކުން ނޮމިނޭޓްވި އެވެ. އެއީ މޮޅު ބޭރު ފިލްމާއި އެންމެ މޮޅު އޮރިޖިނަލް ލަވައަށެވެ. އެގޮތުން އެ ފިލްމުގެ "ނާތޫ ނާތޫ" ވަނީ އެވޯޑް ހާސިލުކޮށްފަ އެވެ.