އައްޑޫގެ މުނިސިޕަލް ހިދުމަތްތަކުގެ އަގުތަކަޑް ބަދަލުތަކެއް ގެނެސް، އެ އަގުތައް ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
ކައުންސިލުން ބުނީ މުނިސިޕަލް ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ވެހިކަލްތައް ކުއްޔަށް ދޫކުރުމާއި ވެލި ވިއްކުމާއި މަގުން ގާ ނަގައި ގާ އަލުން އެތުރުމާއި ތާރު މަގުތައް ކަނޑައިގެން މަސައްކަތްކުރުމަށް ފަހު ތާރު އަލުން އެޅުން ފަދަ ކަންކަމާ ގުޅުން ހުރި ހިދުމަތްތަކުން ދެން އަގުތައް ނަގާނީ އަލަށް ހަމަޖެއްސި އަގުތަކަށް ކަމަށެވެ.
އިޢުލާން – އައްޑޫސިޓީ އިން ދެމުންދާ މުނިސިޕަލް ސަރވިސް ޚިދުމަތްތަކުގެ އަގަށް ބަދަލުގެނައުންhttps://t.co/eh2OMRJjFQhttps://t.co/7gp1UlFH95 pic.twitter.com/5X2aiffhSl
— Addu City Council (@AdduCityCouncil) January 11, 2023
ކައުންސިލުން ވަނީ އަގުތަކަށް ގެނައި ބަދަލު ފެންނަ ލިސްޓެއް މިހާރު އާންމުކޮށްފަ އެވެ. މި ލިސްޓް މަތީގައިވާ ލިންކުން ބަލައިލެވޭނެ އެެވެ.