Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ބޫލް ބުލައްޔާ 3" ވެސް ހަދަނީ

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ހިމެނޭ ކާތިކް އާރިއަންގެ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ ތިން ވަނަ ބައި ވެސް ހަދާނެކަން ކަށަވަރުކޮށް ދީފި އެވެ.

ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ޓީ ސީރީޒްގެ ބުޝަން ކުމާރާއި މުރާދު ކެތާނީ ބުނީ ތިން ވަނަ ބައިގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ 2025 ގައި ކަމަށެވެ. ތިން ވަނަ ބައިގައި ވެސް ބަތަލުގެ ރޯލު ކުޅޭނީ ކާތިކެވެ. އެކަމަކު "ބޫލް ބުލައްޔާ 3" ޑައިރެކްޓްކުރާނީ ދެ ވަނަ ބައި ޑައިރެކްޓްކުރި އަނީސް ބަޒްމީކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

މިދިޔަ އަހަރުގެ މެއި 20 ގައި ރިލީޒްކުރި "ބޫލް ބުލައްޔާ 2" އަކީ 70 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) ގެ ބަޖެޓަޖުން ހަދައި ބޮކްސް އޮފީހުގައި 266.88 ކްރޯޑް ރުޕީސް (32 މިލިއަން ޑޮލަރު) ގެ އާމްދަނީއެެއް ހޯދި ފިލްމެކެވެ. މީގެ ކާސްޓްގައި ކިއާރާ އަދުވާނީ އާއި ތައްބޫ ވެސް ހިމެނެ އެވެ. "ބޫލް ބުލައްޔާ 2" އަކީ ޑައިރެކްޓަރު ޕްރިޔަދަރުޝަން 2007 ގައި އަކްޝޭ ކުމާރާއު ވިދިއާ ބާލަން އާއި ޝައިނީ އަހޫޖާއާ އެކީ ގެނެސްދިން "ބޫލް ބުލައްޔާ" ގެ ދެވަނަ ބައެވެ.

"ބޫލް ބުލައްޔާ 3" ހަދާނެކަން ކަށަވަރުކޮށް ދިން އިރު، ކާތިކްގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 10 ގައި ރިލީޒްކުރާ "ޝެހެޒާދާ" އެވެ.