މި އަހަރު އިގުތިސާދު އެންމެ ބާރަށް ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ދެކޭ ދެކުނު އޭޝިއާގެ ގައުމަކީ ރާއްޖެ ކަމަށް ފިނޭން މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު މާލީ އިދާރާތަކުގެ ތެރޭގައި ހިމެނޭ ވޯލްޑް ބޭންކުން އިއްޔެ އާންމުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް އަށް އިޝާރާތް ކުރައްވައި މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އޭގައި ފާހަގަކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލީގެ ފޯކާސްޓަކީ 8.2 ޕަސެންޓް ކަމަށެވެ. އަދި މި އަންދާޒާތަކަކީ ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަންދާޒާތަކަށް ވުރެ ވެސް މަތީ ނިސްބަތެއް ކަމަށެވެ.
ވަރލްޑް ބޭންކުން އިއްޔެ ޝާއިއުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި 2022 ވަނަ އަހަރަށް ލަފާކުރި އިގުތިސާދީ ދުވެލި ވަނީ %7.6 އިން %12.4 އަށް މަތިކޮށްފައި. މިއީ ކުރިން ލަފާކުރި މިންވަރަށްވުރެ ބާރަށް ރާއްޖޭގެ އިގުތިސާދު ކޮވިޑް-19 ގެ ހާލަތުން އަރައިގަނެފައިވުމުން. (1/3)
— Ibrahim Ameer (@iameeru) January 12, 2023
"އަދި މުޅި މި ސަރަހައްދުގައި ވެސް މި އަހަތު އެންމެ ބާރަށް ކުރިއަރާނެ ކަމަށް ބެލެވޭ ގައުމަކީ ދިވެހިރާއްޖެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވޭ." އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯލްޑް ބޭންކުން އިއްޔެ ޝާއިއުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި 2022 ވަނަ އަހަރަށް ލަފާކުރި އިގުތިސާދީ ދުވެލި ވަނީ 7.6 ޕަސެންޓުން 12.4 ޕަސެންޓަށް މި އަހަރަށް މަތިކޮށްފައި ކަމަށެވެ. އަދި މިއީ ކުރިން ލަފާކުރި މިން ވަރަށް ވުރެ ބާރަށް ރާއްޖޭގެ އިގުތިސާދު ކޮވިޑްގެ ހާލަތުން އަރައިގަނެފައިވާކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ފިނޭންސް ވިދާޅުވި އެވެ.
އަދި މުޅި މި ސަރަހައްދުގައިވެސް 2023 އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ ގައުމަކީ ދިވެހިރާއްޖެކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވޭ. (3/3)
ރިޕޯޓު ބައްލަވައިލެއްވުމަށް:https://t.co/xvLvCr5QRT— Ibrahim Ameer (@iameeru) January 12, 2023
ރާއްޖޭގެ އިގުތިސާދު ރަނގަޅުކޮށް ދައުލަތުގެ އާމްދަނީ ވެސް އިތުރުކުރަން ސަރުކާރުން އަހަރު ފެށުމާ އެކީ އެޅި މުހިއްމު އެއް ފިޔަވަޅަކީ މި މަހުގެ 1 އިން ފެށިގެން ޓެކްސް ބޮޑުކުރުމެވެ. އެގޮތުން ޖީއެސްޓީ 6 ޕަސެންޓަށް 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކޮށްފައިވެ އެވެ.