ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާލައިފި ނަމަ ދެން އެމްޑީޕީ އަށް އަވަސް ފުރުސަތެއްގައި ވެރިކަމަކަށް ނާދެވޭނެ ކަމަށާއި އެހެންވެ މި ވެރިކަން ދިފާއުކުރުން ލާޒިމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްބައި އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތައް އަހަރެން ވަންދެން ކުރި ޖިހާދަކުން ގެނެވުނު ވެރިކަން ވައްޓާލަން މަސައްކަތްކުރުމަކީ ހުދުމުހުތާރު އަމަލެއް ކަމަށެވެ.
Verikan vattaalaifi nama dhen avas furusath ehgai MDP akah verikamakah naadheveyne! Ethah ahareh vandhen kurevunu Jihaadh akun Genevunu Verikan vattaalan Masakkaih kurumakee Varah Hudhumuhuthaaru amaleh! Eiee Rayyithunnah GadhdhaaruVun! Verikan dhifaau kurun Laazim!!! pic.twitter.com/sUTr9uUGVz
— Feydhoo Meehaa (Mohamed Nihad) (@nihad_m) January 12, 2023
"އެއީ ރައްޔިތުންނަށް ގައްދާރުވުން. [އެހެންވީމަ ރައީސް ސޯލިހުގެ] ވެރިކަން ދިފާއު ކުރުން ލާޒިމު." ނިހާދު ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ގައުމާއި ރައްޔިތުންނަށް ގެނެސްދެވޭ ހެޔޮ ބަދަލު ދަމަހައްޓަން ޖެހޭ ކަމަށާއި އެ ތަރައްގީ ހާސިލުކޮށް ކުރިމަގު އުޖާލާ ވެސް ކުރަން ޖެހޭ ކަމަށެވެ.
Gaumaai Rayyithunnah genevey heyo badhalu dhamahattan jehey ~ E tharaggee haasil Koh kurimagu ujaalaa kuran jehey! Ekan emagun kurumah Raees @ibusolih ah Ithuru 1 Dhauru dhinumakee laazim kameh! Loabivaa meehaa ah vuren Gaumaai Rayyithunnah heyo badhalu genes dhey meehaa Muhimmu! pic.twitter.com/Ap9LabbjiU
— Feydhoo Meehaa (Mohamed Nihad) (@nihad_m) January 11, 2023
"އެކަން އެ މަގުން ކުރުމަށް ރައީސް ސޯލިހަށް އިތުރު ދައުރެއް ދިނުމަކީ ލާޒިމް ކަމެއް،" ނިހާދު ވިދާޅުވި އެވެ. "ލޯބިވާ މީހާ އަށް ވުރެ ގައުމާއު ރައްޔިތުންނަށް ހެޔޮ ބަދަލު ގެނެސްދޭ މީހާ މާ މުހިއްމު."