ގަރުނަކަށް ވުރެ ހިނަ ދުވަސްވީ ކޮސްމެޓިކް ކުންފުނި، މެކްސް ފެކްޓާއާ ގުޅިގެން އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ މޭކަޕް ކަލެކްޝަނެއް ލޯންޗްކޮށްފި އެވެ.
"ޔުނިވާސަލް ކަލަ ކަލެކްޝަން" ގެ ނަމުގައި މި ލޯންޗްކޮށްފައި ވަނީ އިނގިރޭސިވިލާތުގަ އެވެ.
ޕްރިޔަންކާގެ މޭކަޕް ކަލެކްޝަންގައި ލޮލާއި ތުންފަތާއި ނިޔަފަތިތަކަށް ހާއްސަ އުފެއްދުންތައް ހިމެނެ އެވެ. މި އުފެއްދުންތަކުގެ ޕްރޮމޯޝަނަށް ޕްރިޔަންކާގެ ސޯޝަލް މީޑިއާގައި ވެސް މެޓީރިއަލްތައް ހިމަނާފައިވެ އެވެ.
އޭނަ ބުނި ގޮތުގައި 114 އަހަރުގެ ތާރީހެއް އޮތް މެކްސް ފެކްޓާއާ ގުޅިގެން ލޯންޗްކުރި "ޔުނިވާސަލް ކަލަ ކަލެކްޝަން" އަކީ ހުރިހާ ކުލައެއްގެ އަންހެނުންނާ ވެސް ގުޅޭ ވަރަށް ފެންވަރު ރަނގަޅު އުފެއްދުމަކަށް ވާނެ އެވެ. ބޭނުމަކީ އަންހެނުންނަށް އެ މީހުންގެ ރީތިކަން ދައްކުވައި ދިނުމާ އެކީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުކޮށް ދިނުން ކަމަށް 40 އަހަރުގެ ބަތަލާ ބުންޏެވެ.
"ޚުދު އަހަންނަކީ ވެސް މޭކަޕާ ވަރަށް ދޯޅު މީހެއް. އެހެންވީމަ މޭކަޕަ އަކީ މިހާ މުހިއްމުކަން އެއްޗެއްކަން އެނގޭ،" ޕްރިޔަންކާ ބުންޏެވެ. "މޭކަޕް ކުރުމަކީ އަހަރެމެންގެ ނަފުސު ބާރުވެރިކޮށްދޭ ކަމެއް."
މެކްސް ފެކްޓާއާ ގުޅިގެން މޭކަޕް ކަލެކްޝަނެއް ލޯންޗްކުރި އިރު، 2020 އިން ފެށިގެން ޕްރިޔަންކާ އަކީ މެކްސް ފެކްޓާގެ ބްރޭންޑް އެމްބެސެޑަރެއް ވެސް މެ އެވެ.