Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

ބީއެމްއެލްގެ ބްރާންޗްތަކެއް ރާއްޖޭން ބޭރަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް ފުރަތަމަ ފަހަރަށް ރާއްޖޭން ބޭރުގައި ހުޅުވަން ނިންމައިފި އެވެ.

ގައުމީ ބޭންކުން މިކަން އިއުލާންކޮށްފައި ވަނީ އެ ބޭންކަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށް ދެއްވި ހަފުލާގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ބޭރުގައި ބްރާންޗެއް ހުޅުވާނެ ކަމަށެވެ.

ނަމަވެސް އެ ބްރާންޗް ހުޅުވާނީ ކޮން ގައުމެއްގައި ކަމެއް ވިދާޅެއް ނުވެ އެވެ.

ކާލް ވިދާޅުވީ އަމާޒަކީ ބީއެމްއެލަށް 50 އަހަރު ފުރޭ އިރު އެއް އަމާޒަކީ ބޭންކްގެ ދެ ބްރާންޗެއް ދެ ގައުމެއްގައި ހުޅުވުން ކަމަށެވެ.

ބީއެމްއެލް އަށް 40 އަހަރު ފުރުނީ ނޮވެމްބަރު މަހުގެ 11 އެވެ. އެ ބޭންކްގެ ކަސްޓަމަރުންގެ އަދަދު 350،000 އަށް އަރަ އެވެ.