ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ދަޢުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި މި މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ އާދީއްތަ ދުވަހު ކަމަށާއި ދަތުރު ނިންމަވާލައްވާނީ އަންގާރަ ދުވަހު ކަމަށެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ކެމްބޯޑިއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭ ގޮތުން މަޝްވަރާކޮށް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރާނެ އެވެ.
މީގެ އިތުރުން މި ދަތުރުގެ ހަވާސާގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާ ކުރުމަށާއި ވިޔަފާރީގެ ދާއިރާ އިން ގުޅުން އިތުރަށް ބަދަހި ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ބާއްވާ ބިޒްނަސް ފޯރަމެއްގައި ދެ ގައުމުގެ ޗެމްބަ އޮފް ކޮމަރސް އިން ބައިވެރިވާނެ އެވެ.