Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ފަރްޒީ" ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރްގެ ފުރަތަމަ ސީރީޒް "ފަރްޒީ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ރާޖް އެންޑް ޑީކޭ ޑައިރެކްޓްކޮށްފައިވާ މި ސީރީޒް ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.

"ފަރްޒީ" ގެ ކާސްޓްގައި ވިޖޭ ސެތުޕަތީ، ރާޝީ ކަންނާ، ކޭކޭ މެނަން، ރެޖީނާ ކެސަންޑްރާ، ޒާކިރު ހުސައިން، ބޫވަން އަރޯރާ، ކުބްރާ ސައިތު އަދި ކުރީގެ އެކްޓަރު އަމޯލް ޕަލޭކަރް ހިމެނެ އެވެ.

ޝާހިދުގެ ފުރަތަމަ ސީރީޒް ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރީތައްވާ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޖާޒީ" އެވެ. އަދި ކުރިއަށް އޮތް ފިލްމަކީ އަލީ އައްބާސް ޒަފަރުގެ "ބްލަޑީ ޑެޑީ" އެވެ.