ކުޅިވަރުގެ ދާއިރާގެ 13 މީހަކަށް އިންޑިއާ އިން ތަމްރީނު ދޭން ނިންމައިފި އެވެ.
މީގެ ތެތެރޭގައި ހިމެނެނީ 10 އެތުލީޓަކާއި ތިން ކޯޗެކެވެ. އެ މީހުން ތަމްރީނަށް އިންޑިއާ އަށް ފުރުމުގެ ރާއްޖޭގއި ހުންނަ އިންޑިއާ އެމްބަސީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ރޭ ވަނީ މާލޭގައި އެކުވެނި ސިންތެޓިކް ދަނޑުގައި ހާއްސަ ހަފުލާއެއް ވެސް ބާއްވައިފަ އެވެ. އެ ހަފުލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބުނޫ މަހާވަރު އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ސަލީމާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަހުމަދު އަޒީލް ބައިވެރިވެވަޑައިގެންނެވި އެވެ.
އިންޑިއާ އިން ތަމްރީނު ދޭން ނިންމާފައިބާ މީހުންގެ ތަމްރީނުތައް ކުރިއަށް ދާނީ ބެންގަލޫރުގައި ނޭތާޖީ ސުބާޝް ސްޕޯޓްސް އޮތޯރިޓީގައި މި މަހުން ފެށިގެން އޮގަސްޓާ ހަމައަށެވެ. އެގޮތުން އެ މީހުން ހަ މަހުގެ އެތުލެޓިކް ކޭމްޕެއްގައި ބައިވެރިވާނެ އެވެ.
Team #Maldives Aim High🎯, Toil Hard🏃& Win🏆!!
H.E. Minister @MoYSCEmv @AhmedMahloof & HC @AmbMunu graced the sending-off ceremony of Team #Maldives 🇲🇻 @AthleticsMv to #India 🇮🇳 to attend a 6-month long Athlete camp at @SAI_Bengaluru aiming 🥇 at #IOIG2023.
🇮🇳🤝🇲🇻 pic.twitter.com/uhMaPcmhln
— India in Maldives (@HCIMaldives) January 13, 2023
މަހްލޫފް ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެގޮތުން އިންޑިއާއިން ފޯރުކޮށް ދިން 40 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓްއިން އެލްއޯސީ) ގެ ދަށުން ރާއްޖޭގެ ހުރިހާ ހިސާބެއްގަައި ކުޅިވަރުގެ ދާއިރާގެ އުމްރާނީ ތަރައްގީއަށް ބޮޑު ބަދަލެއް ގެނެވިފައިވާ ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ ތަމްރީނު ކޭމްޕުގެ ކަސްޓަމައިޒްޑް ޓްރެއިނިންގ މޮޑިއުލްތަކުގެ ސަބަބުން އެތުލީޓުންގެ ހުނަރުތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައި އުންމީދު ކުރައްވާ މަހްލޫފް ވިދާޅުވި އެވެ. އަދި މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި އެހެނިހެން ގައުމީ އަދި ބައިނަލްއަގުވާމީ އެކިއެކި އިވެންޓްތަކުން ކާމިޔާބު ނަތީޖާތަކެއް ހޯދުމުގެ ފުރުސަތު މި ތަމްރީނުގެ ސަބަބުން ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
މި ޓްރޭނިން ކޭމްޕަކީ އެތުލެޓިކްސް އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީގެ އެދުމުގެ މަތިން އިންޑިއާ އިން އިންތިޒާމުކޮށް ޕްރޮގްރާމެކެވެ.