Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އަޖޭގެ "ޑްރިޝަމް 2" އެމެޒޯން ޕްރައިމަށް

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަޖޭ ދޭވްގަންގެ "ޑްރިމަޝް 2" އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.

އަބީޝެކް ޕަތަކް ޑައިރެކްޓްކުރި މި ފިލްމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 18 ގައި ރިލީޒްކޮށް އަދިވެސް ސިނަމާތަކުގައި ފުދޭ ވަރަކަށް ހިނގަމުން އަންނަ ފިލްމެކެވެ. ކްރައިމް ތުރިލާ ޖޯންރާގެ "ޑްރިޝަމް 2" އަށް މިހާތަނަށް ބޮކްސް އޮފީހުގައި 342.29 ކްރޯޑް ރުޕީސް (18.5 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ. ފިލްމު ހެދީ އެންމެ 50 ކްރޯޑް ރުޕީސް (6.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

މި ފިލްމަކީ 2015 ގެ "ޑްރިޝަމް" ގެ ސީކްއެލް އެވެ. ކުރީގެ ފިލްމާއި ސީކްއެލް އަކީ އަކީ ހަމަ އެ ނަމުގައި ގެނެސްދިން މަލަޔާޅަމް ފިލްމުގެ ރިމޭކްތަކެވެ. މީގައި ދައްކުވައި ދެނީ މަރެއްގެ ހަގީގަތް ފޮރުވަން މަސައްކަތްކުރާ އާއިލާއެއްގެ ސިއްރު ހޯދަން ފުލުހުން ހިންގާ ތަހުގީގެކެވެ. މީގެ ތިން ވަނަ ބައެއް ވެސް ހަދާ ގޮތަށް އޮތީ ނިންމައިފަ އެވެ.

"ޑްރިޝަމް 2" ގެ ކާސްޓްގައި ތައްބޫ، އަކްޝޭ ކަންނާ، ޝްރިޔާ ސަރަން، އިޝިތާ ދައްތާ އަދި ރަޖަތު ކަޕޫރެވެ. މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްވި އަޖޭގެ ފަސް ވަނަ ފިލްމެވެ. ދެ ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރު މިދިޔަ އަހަރު ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "ގަންގޫބާއީ ކަތިއަވާޅީ" އާއި "އާރްއާރްއާރް" އާއި "ރަންވޭ 34" އަދި "ތޭންކް ގޯޑް" ހިމެނެ އެވެ.

މި އަހަރަށް ހުރި އަޖޭގެ ފިލްމުތަކުގެ ތެރޭގައި "ބޯލާ" އާއި "މައިދާން" ހިމެނެ އެވެ.