Last Updated: June 29, 11:41
Monday, June 29, 2026
ރިޕޯޓް

"އައްޑޫގެ ތަރައްގީއަކީ ރާއްޖޭގެ ތަރައްގީ"

ރައީށް ނަޝީދު، ފޮޓޯ: ރައީސް ނަޝީދު ފޭސްބުކް ޕޭޖް

ދިވެހި ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ މުއްސަދި އެއް ބިމަކީ އައްޑޫ ބިން ކަމަށާއި، ދިވެހި ރާއްޖޭގެ ތަރައްޤީ ގުޅިފައިވަނީ އައްޑޫގެ ތަރައްޤީއާއި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އައްޑޫލައިވް"އަށް ދެއްވި ހާއްސަ ބަސްދީތަގުމެއްގައި ނަޝީދު ވިދާޅުވީ މާލެ އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފައި ކަމަށާއި، މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑު ލުޔެއް ލިބިގެންދާނީ ވެސް އައްޑޫ ތަރައްޤީ ކުރެވިގެން ކަމަށެވެ.

"މާލެ އޮތީ ވަރަށް ބޮޑަށް ފުރި ތޮއްޖެހިފައި. މާލޭ ރައްޔިތުންނަށްވެސް އެންމެ ބޮޑު ލުޔެއް ލިބިގެން ދާނީ، އަދި އެންމެ ބޮޑު ފައިދާއެއް، ކުރާނީވެސް އަދި ފުރުސަތުތަކެއް ހުޅުވިގެންދާނީވެސް އައްޑޫ ސިޓީން."

ނަޝީދު ވިދާޅުވީ ބިން ތޮއްޖެހުމާއި އެކު އިގްތިސާދީ ހަރަކާތްތައް ހުއްޓިގެންދާ ކަމަށެވެ. އެހެންވެ ދިވެހި ރާއްޖޭގެ ތަރައްޤީއަށް އޮތް އެންމެ ހަލުވި މަގަކީ އައްޑޫ ތަރައްޤީ ކުރުން ކަމަށެވެ.

ނަޝީދު ވިދާޅުވީ އައްޑޫ ރައްޔިތުންގެ ފަރާތުން އަބަދުވެސް ފެންނަނީ މުރާލި ކަމާއި، ކަންކަމުގައި ކުރިއަރައިގެންދާން ބޭނުންވާ ކަމެވެ.

"އަޅުގަނޑަށް އަބަދުވެސް ފެނޭ އައްޑޫ ރައްޔިތުންގެ ފަރާތުން ތަރައްޤީގެ ވިސްނުން ހުންނަ ކަމާއި، އަދި މަސައްކަތް ތަކުގައި ކެޑިނޭޅި އުޅެން ބޭނުންވާ ކަމާއި، އަދި އިޚްލާސްތެރިކަމާއި، ހެޔޮނިޔަތާއި، އަޅުގަނޑުވެސް މަސައްކަތް ކުރާ ހިތްވޭ ، އަދި އައިސް އުޅޭ ހިތްވާ ތަނަކަށްވީމަ އާދެވެނީވެސް މެ."

ނަޝީދު ވިދާޅުވީ އެންމެ ފުރަތަމަ އައްޑޫ ރައްޔިތުން ފެނުނުއިރު ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައެއެވެ.

"އެންމެ ފުރަތަމައަށް އަޅުގަނޑަށް ފެނުނު އިރު ގިނަ ރައްޔިތުން ތިއްބެވީ ވަރަށް މަޔޫސް ކަންމަތީ. ނުވާނެޔޭ، އެއްވެސް ކަމެއް ނުވާނެޔޭ، ސާކް ސަމިޓެއް ވެސް ނުބޭއްވޭނެޔޭ، ތީޗަކަ ބިމެކޭ، އެތަނަކުވެސް ކަމެއް ނުވާނެޔޭ، ދެން މަގެއްވެސް ނުހެދޭނެޔޭ، ދެން ނުވާނެ، ނުވާނެ، ނުވާނެއެއްގައި ތިބެނީ، އެކަމަކު ޕޮޒިޓިވް، އެނާޖީއެއް އެބަ އުފެދޭ"

ނަޝީދު އިސްވެ ހުންނަވައިގެން އައްޑޫ ގެސްޓް ހައުސް ވެންޗާގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.