ވިޔަފާރި މުއާމަލާތްތަކާ ގުޅޭ ރަސީދުކޮޅު ހޯދުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން "ކޮބާ ރަސީދު؟" ގެ ނަމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން މި އަހަރުގެ ފުރަތަމަ ކެމްޕޭން މާދަމާ ފަށަން ނިންމައިފި އެވެ.
މީރާ އިން ބުނީ މި ކެމްޕޭންގައި ބައިވެރިވެގެން މަހުން މަހަށް ވެސް އިނާމު ހޯދޭނެ ކަމަށާއި ގްރޭންޑް ޕްރައިޒެއް ވެސް ކަނޑައަޅާފައިވާ ކަމަށެެވެ. އެގޮތުން އެންމެ ގިނަ ތަންތަނުން ވިޔަފާރިކޮށްގެން ފޮނުވާ ފަރާތްތަކުގެ މެދިގައި ގުރުލައިގެން ދޭން ހަމަޖެހިފައިވާ ގްރޭންޑް ޕްރައިޒަކީ 30،000ރ. އެވެ.
Kobaa Raseedhu is starting on 15th January 2023! Here is your chance to win MVR 2000 monthly and a Grand prize of MVR 30,000 by submitting receipts to MIRA via Viber. #KobaaRaseedhu pic.twitter.com/GpCleAWDd6
— Maldives Inland Revenue Authority (@MIRAmaldives) January 12, 2023
ކޮންމެ މަހަކު ރަސީދު ފޮނުވާ ފަރާތްތަކުގެ މެދުގައި ގުރުލައިގެން އިނާމަކަށް ދޭން ހަމޖެހިފައި ވަނީ 2،000ރ. އެވެ. މި ކެމްޕޭން ކުރިއަށް ދާނީ މާދަމާ އިން ފެށިގެން އެޕްރީލް 15 އަށެވެ.
Kobaa Raseedhu is starting tomorrow (15th January 2023). Write your mobile number on the receipts and submit to MIRA via Viber – 7291415.#KobaaRaseedhu pic.twitter.com/i9McqftgW7
— Maldives Inland Revenue Authority (@MIRAmaldives) January 14, 2023
މީގައި ބައިވެރިވާން ވައިބަ މެދުވެރިކޮށް ރަސީދު ފޮނުވާނީ 7291415 އަށެވެ.
"ކޮބާ ރަސީދު؟" އަކީ މީރާ އިން 2015 ގައި ފެށި ކެމްޕޭނެކެވެ.