Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ވިރުޝްކާ އަނެއްކާ ވެސް ރާއްޖޭގައި

މިދިިޔަ އަހަރު ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާއި ފިރިމީހާ ކްރިކެޓް ތަރި ވިރާޓް ކޯލީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވިރާޓްގެ އިންސްޓަގްރާމްގައި އަނުޝްކާއާ އަކީ ރިސޯޓެއްގެ އަތިރިމަތީގައި ނާސްތާއަކަށް އިންސާފުކުރާ މަންޒަރު ފެންނަ ފޮޓޯއެއް މިއަދު ޕޯސްޓްކޮށްފައިވެ އެވެ. އެކަމަކު އެ ޕޯސްޓަކުން އެ މީހުން ތިބީ ކޮން ރިސޯޓެއްގައިކަމާއި އެއީ ރާއްޖެ ކަމެއް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. ފޮޓޯގައި އެއްވެސް ކެޕްޝަނެއް، ހޭޝްޓެގެއް ވެސް ނެތެވެ. އަދި އަނުޝްކާ އިންސްޓަގްރާމްގައި ދަތުރާ ގުޅޭ އެއްވެސް ފޮޓޯއެއް ނެތެވެ.

މި ދެމަފިރިން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ރާއްޖެ އަ އެވެ.

އަނުޝްކާ މި ފަހަރު ރާއްޖެ މިއައީ 2021 ގައި ދަރިއަކު ލިބުނު ފަހުން ކުޅުނު ފުރަތަމަ ފިލްމު "ޗަކްދާ އެކްސްޕްރެސް" ގެ ޝޫޓިން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ނިންމާލާފައި ވަނިކޮށެވެ. އެ ފިލްމުގައި އޭނަ ފެންނާނީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ޖޫލާން ގޮސްވާމީގެ ރޯލުންނެވެ.

އަނުޝްކާ އާއި ވިރާޓް ކައިވެނިކުރީ 2016 ގަ އެވެ.