ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިން ކޯސް ނިންމާލައިފި އެވެ.
އީޔޫ ކްރިމާރީއޯ އިިން އިންތިޒާމުކޮށްގެން ޕްރެންޗް ޒުންޑާމުރީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގި މި ކޯފަކީ މި މަހުގެ 3-13 އަށް ހިންގި ކޯހެކެވެ. ހުޅުމާލޭގެ އެމްއެންޑީއެފް ކަލާސީނު ކޮށީގައި ކުރިއަށް ދިޔަ ކޯހުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހަ ބޭކަލުންގެ އިތުރުން ސްރީލަންކާ ކޯސްޓްގާޑާއި ސްރީލަންކާ ނޭވީގެ ހަ ބޭކަލުންނާއެކު ޖުމްލަ 12 ބޭކަލުން ބައިވެރިވި އެވެ.

ކޯހުގެ ނިންމުމުގެ ގޮތުން މިއަދު ހެނދުނު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ހިލްމީ އެވެ. އޭނަ ވަނީ ކޯހުގައި ކިޔަވާދެއްވި ފަރާތްތަކަށާއި ކޯސް ފުރިހަމަކުރެއްވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ފްރެންޗް ޒުންޑާމުރީގެ ފަރާތުން ވަނީ ރާއްޖެ އާއި ސްރީލަންކާއަށް އަންޑަ ވޯޓަ ކެމެރާއެއް ވެސް ހަދިޔާކޮށްފަ އެވެ.

ފްރެންޗް ޒުންޑާމުރީގެ އިންސްޓްރަކްޓަރުން ކިޔަވައި ދެއްވި މކޯހަކީ މޫދުގައި ނުވަތަ ކަނޑުއަޑީގައި ހިންގާ ޤާނޫނާއި ޚިލާފު ތަފާތު ޢަމަލުތަކުގެ ތަޙުޤީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ހޯދާނެ ގޮތުގެ ޢިލްމު އުގަންނައި ދިނުމަށް ހިންގި ކޯހެކެވެ.
މި ކޯހުގައި ނޮލެޖް އެންޑް އަންޑަސްޓޭންޑިން އެބައުޓް ދި އަންޑަ ވޯޓަ ސައިންޓިފިކް ޕޮލިސް، އަދި ޑައިވަސް ތުރޫ ޓު ކެރީ އައުޓް ޑީއެންއޭ ސާމްޕަލްސް، ފިންގަރޕްރިންޓް ރީޑިނގސް، ޑައިވިންގ އެކްސިޑެންޓްސް، ޕްލޭން އެކްސިޑެންޓްސް މެރިޓައިމް އެކްސިޑެންޓްސް އެންޑް ބެލިސްޓިކްސްގެ އިތުރުން ސައިންޓިފިކް ލެބޯޓަރީތަކުގައި އެވިޑެންސް ޕްރޮސެސްކުރާނެ ގޮތް ކިޔަ ދީފައިވެ އެވެ.