މިދިޔަ އަހަރުން ފެށިގެން ކަލާޒް ޗެނެލުން ދައްކަމުން އަންނަ ސުޕަނެޗްރަލް ސިލްސިލާ "ނާގިން" ސީޒަން ނިންމައިލާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މީގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ "ނާގިން 6" އަށް ބަތަލާއަކު ނެގީ "ބިގް ބޮސް 15" އިން ކަމަށާއި އަނެއްކާ ވެސް މިއޮތީ އެފަދަ ފުރުސަތެއް ކަމަށެވެ. "ނާގިން 6" ގެ ބަތަލާ އަކީ މިދިޔަ އަހަރު ގެނެސްދިން "ބިގް ބޮސް 15" ކާމިޔާބުކުރި ތޭޖާސްވީ ޕްރަކާޝް އެވެ.
މިހާރު ދައްކަމުން އަންނަ "ބިގް ބޮސް" ސީޒަން 16 އަށް އެކްތާ ވަރަށް އަވަހަށް ދާނެ އެވެ. އޭނަގެ ޕޯސްޓްގައި އެއަށް ދަނީ އާ ފިލްމެއް އިއުލާންކުރަން ކަމަށާއި މި ފަހަރު ފުރުސަތު ލިބޭނީ ކާކަށްތޯ ބަލަން އިންތިޒާކުރަން އެދޭ ކަމަށް ބުނެފައި އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ނާގިން 7" ހަދަން ނިންމާފައި އިރު، ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް 16" ގައި ވާދަކުރާ ޕްރިޔަންކާ ޗަހާރް އަށް ފުރުސަތު ދޭން އެކްތާ ވަރަށް ބޮޑަށް ބޭނުންވެ އެވެ. ބައެއް ފޭނުން ވެސް ވަނީ އެކްތާގެ ޕޯސްޓާ ގުޅިގެން ޕްރިޔަންކާ އަށް ފުރުސަތު ދޭން އެދިފަ އެވެ.
"ބިގް ބޮސް 16" ގައި ގަދަކޮށް ވާދަކުރާ ޕްރިޔަންކާ އަކީ ކަލާޒްގެ ސިލްސިލާ "އުޅާރިޔާ" ގެ ކުރީގެ ބަތަލާ އެވެ.
"ނާގިން 6" އަކީ ނިންމައިލަން ތައްޔާރުވަމުން އަންނަ އިރު، މި ސީޒަން ދައްކަން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ 12 ގަ އެވެ. މިހާތަނަށް އޭގެ 425 އެޕިސޯޑް ގެނެސްދީފައިވެ އެވެ. މީގެ އެޕިސޯޑްތައް ގެނެސްދެނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭގަ އެވެ.