Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ބުރުޖް ހަލީފާގައި "ޕަތާން" ގެ ޓްރެއިލާ އަޅުވައިފި

ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުޖު ހަލީފާ އަލީ އަބަދު ވެސް އެކި ކަންކަމާ ގުޅުވައިގެން އޭގެ ބޭރު ދިއްލުންތައް ތަފާތު ގޮތްގޮތަށް ގެނެސްދޭން މަޝްހޫރު ތަނެކެވެ. އެގޮތުން އެކި ގައުމުތަޖުގެ ހާއްސަ ދުވަސްތައް ފާހަގަކުރަން ވެސް ގައުމުތަކުގެ ދިދަ ވެސް ބުރުޖަ ހަލީފާ ކުލަތަކުބް ދިއްލާލަ އެވެ.

ބޮލީވުޑްގެ ތަރި ތޝާހްރުްކ ޚާންގެ އުފަން ދުވަހާ ދިމާކޮށް ނޮބެމްބަރު 2 ގައި ބުޖުރު ހަލީފާ އޭނަގެ ތަސްވީރުން ދިއްލުމާމަކީ ވެސް ފަހަކަށް އައިސް ބުރުޖު ހަލީފާ އިން ކުރާ ކަމެކެވެ. މި ފަހަރު އަނެއްކާ ވެސް ޝާހްރުކަށް ވަރަށް ހާއްސަ ޝަރަދެއް ދީފަ އެވެ. ބުރުޖް ހަލީފާފައި ރޭ ވަނީ މަހުގެ 25 ގައި ރިލީޒްކުރާ ޝާހްރުކްގެ ފިލްމު "ޕަތާން" ގެ ޓްރެއިލާ އިމާރާތުގެ ބޭރުން އަޅުވައި އެތައް ބަޔަކު އުފާކޮށް ދީފަ އެވެ. މިކަމަށްޓަކައި ބޭއްވި ހަފުލާގައި ވެސް ޝާހްރުކް ބައިވެރި އިތު، އެތައް ހާސް ފޭނުންނެއް ޖަމާވި އެވެ.

ބުރުޖް ހަލީފާގައި "ޕަތާން' ގެ ޓްރެއިލާ އެޅުވި ވީޑިއޯ އެ ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ "ޕަތާން" އެކްޝަން މަންޒަރުރަކެއް ވެސް ބުރުޖް ހަލީފާގައި ޝޫޓްކޮށްފައިވާ ކަމެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް ގަނެފައިވާ އެޕާޓްމަންޓެއް ވެސް ބުރުޖް ހަލީފާގައި ހުރެ އެވެ.

ޔަގީންވާ ކަމަމީ ޝާރުކަށް ދުބާއީން ވަރަށް ބޮޑު ސަޕޯޓަކާއި ލޯތްބެއް އޮންނަކަމެވެ. އޭނަ އަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން މެދުއިރުމަތީގައި އެންމެ ނުފޫޒު ގަދަ ތަރި ވެސް މެ އެވެ.

"ޕަތާން" އަކީ ސިދާންތު އާނަންދު ޑައިރެކްޓްކުރި އެކްޝަން ތުރިލާއެކެވެ. މީގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.