Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އަކްޝޭ އާއި އިމްރާންގެ "ސެލްފީ" ދައްކާލައިފި

އަންނަ މަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އަކްޝޭ ކުމާރާއި އިމްރާން ހާޝިމީގެ ފިލްމު "ސެލްފީ" ގެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 24 ގަ އެވެ. "ސެލްފީ" އަކީ އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމެވެ. ދަރުމާ އިން މިދިޔަ އަހަރު ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ގޯވިންދާ ނާމް މޭރާ" އާއި "ބުރައްމަސްތުރާ" އާއި "ލައިގާ" އާއި "ޖުގް ޖުގް ޖިއޯ" ގެ އިތުރުން "ގެހަރާއިޔާ" ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

"ސެލްފީ" އަކީ ކީ 2019 ގެ ކާމިޔާބު މަލަޔާޅަމް ކޮމެޑީ-ޑްރާމާ "ޑްރައިވިން ލައިސަންސް" ގެ ރިމޭކެކެވެ. ބަތަލާއިންގެ ގޮތުގައި ނުޝްރަތު ބަރޫޗާ އާއި ޑަޔާނާ ޕެންޓީ ހިމެނޭ ފިލްމުގެ ޑައިރެކްޓަރަކީ "ޖުގް ޖުގް ޖިއޯ" ހެދި ރާޖް މެހެތާ އެވެ. އަދި މިއީ 2019 ގެ "ގުޑް ނިއުސް" އަށް ފަހު ރާޖްއާ އެކީ އަކްޝޭ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

"ސެލްފީ" އަކީ މި އަހަރު ރިލީޒްވާ އަކްޝޭގެ ފުރަތަމަ ފިލްމެވެ. މިދިޔަ އަހަރު އޭނަ ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "ބައްޗަން ޕާންޑޭ"، "ސަމްރާޓް ޕްރިތުވީރާޖް"، "ކަތުޕުތުލީ"، "ރަކްޝާ ބަންދަން" އަދި "ރާމް ސެޓޫ" ހިމެނެ އެވެ. މި އަހަރަށް ވެސް އަކްޝޭގެ ފިލްމެއް އެބައޮތެވެ.