ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހާއްސަކޮށްގެން ކެމްޕޭން ލަވައެއް ނެރެފި އެވެ.
"މިއީ ތަފާތަކީ" ގެ ނަމުގައި ސަޕޯޓަރުންތަކެއްގެ ފަރާތުން ގެނެސްދިން މި ލަވަ އަކީ "ދެން ވެސް" ވެރިކަމަށް ގެންނާނީ ރައީސް ސޯލިހު ކަމަށް ބުނެ އެ މަނިކުފާނަށް އޮތް ތާއީދާއި ލޯބި ހާމަކޮށްދޭން ވީޑިއޯ މަންޒަރުތަކަކާ އެކީ ގެނެސްދިން ލަވައެކެވެ.
Song: Mee Thafaathakee
Dedicated to President @ibusolih 💛 https://t.co/4in5RCUNUo#MDPKuriah #Ibu2023
— MDPKuriah (@DhenvesRaeesIbu) January 15, 2023
ރައީސް މިހާރު ގެންދަވަނީ ވަރަށް ފޯރީގައި އެމްޑީޕީގެ ޕްރައިމަރީ އަށް ވާދަކުރައްވަމުންނެވެ. މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ހޯދަން ވާދަކުރައްވާ އެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރައްވަ އެވެ. ރައީސް ވިދާޅުވީ ޕްރައިމަރީ ކާމިޔާބުކޮށް، މި އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެ މަނިކުފާނު ކާމިޔާބު ކުރައްވައި ވެރިކަމުގެ ދެވަނަ ދައުރަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ.