ބަތަލާ ކަރީނާ ކަޕޫރް ސޮއިކޮށްފައި އޮތް ފިލްމު "ދަ ކްރޫ" އަށް ފިޓްވުމުގެ މަސައްކަތް ފަށައިފި އެވެ.
ޝޫޓިން ފެށުމުގެ ތައްޔާރީތައްވަމުން އަންނަ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ކަރީނާގެ ހަށިގަނޑު ލޫޅާފަތިކުރަން މިހާރު އަންނަނީ ކަސްރަތުގެ ހާއްސަ ސެޝަންތަކެއް ނަގަމުންނެވެ. މީގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އޭނަ އިންސްޓަގްރާމް ސްޓޯރީގައި ވެސް "ދަ ކްރޫ" ގެ ދެ ޕްރޮޑިއުސަރުން ޓެގްކޮށް ޕޯސްޓްކޮށްފައިވެ އެވެ. އަދި ކަރީނާގެ ކަސްރަތުގެ ސެޝަންގެ ވީޑިއޯއެއް އޭނ ޔޯގާ އިންސްޓްރަކްޓަރު އަންޝުކާ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.
އޭވިއޭޝަން ދާއިރާގައި އުޅޭ ތިން އަންހެނެއްގެ ވާހަކަ ކިޔައިދޭނެ މި ފިލްމަކީ 2018 ގެ "ވީރޭ ދީ ވެޑިން" ގެނެސްދިން ދެ ޕްރޮޑިއުސަރުން ކަމަށްވާ އެކްތާ ކަަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކުރާ އެއްޗެކެވެ. "ދަ ކްރޫ" ގެ ކާސްޓްގައި ކްރިތީ ސެނަން އާއި ތައްބޫ ވެސް ހިމެނެ އެވެ.
އަންނަ މަހުގެ ތެރޭގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ފިލްމު ޑައިރެކްޓްކުރާނީ ރާޖޭޝް ކްރިޝްނަން އެވެ.
ކަރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އާމިރު ޚާނާ އެކީ ފެނިގެން ދިޔަ "ލާލް ސިންގް ޗައްޑާ" އެވެ. އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން ދެ ފިލްމެއްގެ ޝޫޓިން މިދިޔަ އަހަރު ނިންމާފައިވެ އެވެ. އެއީ ޑައިރެކްޓަރު ސުޖޯއި ގޯޝްގެ ތުރިލާއަކާއި ޑައިރެކްޓަރު ހެންސަލް މެހެތާގެ ތުރިލާއެކެވެ.
މި ފިލްމުތަކުގެ ރަސްމީ ނަންތަކާއި އެ ރިލީޒްކުރާނެ ތާރީހުތަކެއް އަދި އިއުލާނެއް ނުކުރެ އެވެ.