ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން 470 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 96 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
ދަރަވަންދޫ ގޮނޑުދޮޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 22.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ދަރަވަންދޫ އަކީ ރަށް ގިރުމުގެ މަސައްކަތް ކުރިމަތިވެފައިވާ ރަށެކެވެ. އެހެންކަމުން ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއެކު އެރަށުގެ ގިރަމުންއައި ސަރަހައްދު ހިމާޔަތްކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.