ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2023 ޖެނުއަރީއިން ފެށިގެން ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ހުކުރު ދުވަހުގެ މެންދުރުފަހު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
2023 vana aharuge January in feshigen Hukuru Khutubaa ge ingireasi tharujamaa, Hukuru dhuvahuge mendhuru Fahun Islamic ministry ge website in libeane. In Shaa Allah
— Ahmed Zahir Ali (@AhmedZahirAli) January 16, 2023
އިސްލާމިކް މިނިސްޓަރީން ބުނެފައިވަނީ މިއީ އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ މަޢުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ.
ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ އާންމުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ޤައުމަކަށްވެފައި، އިސްލާމްދީނުގެ މައުލޫމާތު އެފަރާތްތަކަށް ވީހާވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ހުކުރު ހުތުބާއަކީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރާ އެއްޗެކެވެ.