Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އެއާޕޯޓް އިންޓަޑިކްޝަން ކޯސް ފަށައިފި

ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިއަށް ގެންދާ "އެއާޕޯޓް އިންޓަޑިކްޝަން ޓްރެއިނިން" ކޯސް ފަށައިފި އެވެ.

އިއްޔެ ފެށި މި ކޯސް މި މަހުގެ 19 އާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި އެމެރިކާގެ އެންޓި-ޓެރަރިޒަމް އެސިސްޓެންސް އޮފީސް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.

ކޯހުގައި އެއާ އިންޓަޑިކްޝަން އޮޕަރޭޝަންތަކުގައި ކުރިއަރަމުން އަންނަ ތަހުގީގުކުރުމުގެ އުކުޅުތައް އުނގަންނައި ދެވޭނެ އެވެ. އަދި ކޮންޓްރަބޭންޑް އިންޓަރޑިކްޝަން އޮޕަރޭޝަންސް އަދި އެއާޕޯޓު ސެކިއުރިޓީއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ތަމްރީނުތައް ކުރިއަށް ގެންދާނެ އެވެ. އެގޮތުން، އެނަލައިސިސް، ކޮމްޕިއުޓަ ބޭސްޑް އިންފޮމޭޝަން ސިސްޓަމް، ކޮންޓްރަންޑް ކޮރިއާ، ޓްރެފިކިން ޓްރެންޑްސް އަދި ހިއުމަން ޓްރެފިކިންއާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ އެވެ.

މީގެ އިތުރުން، ގަވާއިދާ ޚިލާފަށް މުދާ އެތެރެކުރުން ހުއްޓުވުމަށާއި އެކަމުގައި ބޭނުންކުރާ ތަފާތު ގޮތްތަކާއި، ބަލްކް ކަރަންސީ އަދި ޝައްކުކުރެވޭ ހަރަކާތްތައް ދެނެގަތުމާއި، ޕެސެންޖަ ޓާގެޓިން ހެދުމާއި، އިލެކްޓްރޯނިކް މީޑިއާ/ ވައިސް އެގްޒަމިނޭޝަން ހެދުމާއި، ކަވަ އޯޕްރެޝަންސް އަދި އިންޓެގްރޭޝަން ޓެކްނިކްސްގެ މައުލޫމާތު ހިއްސާކުރާނެ އެވެ.

ކޯހުގައި ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ 37 މުވައްޒަފަކު ބައިވެރިވެ އެވެ.