Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ކެމްބޯޑިއާ ބޮޑުވަޒީރުގެ ރާއްޖެ ދަތުރުގެ ހަވާސާ އިން

ރަސްމީ ދަތުރެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންގެ ދަތުރުގެ ހަވާސާގެ ތެރެއިން "ޗުއްޓީ" ފޮޓޯތަކެއް އާންމުކޮށްފި އެވެ.

އޭނަގެ ފޭސްބުކް ޕޭޖްގައި ހުންނެވި ރިސޯޓްގައި ނަންގަފައިވާ ފޮޓޯތަކެއް ޕޯސްޓްކުރައްވައިފަ އެވެ. އެ ފޮޓޯތަކުގައި ބޮޑުވަޒީރު ޓީޝަޓަކާއި ސޯޓެއް ތުރުކުރައްވައިގެން "ޗުއްޓީ މޯޑް" ގައި އުޅުއްވާ ތަން ފެނެ އެވެ. އަދި ފޮޓޯތަކާ އެކީ ވިދާޅުވެފައި ވަނީ ސްނޯކްލިން ވެސް ކުރައްވާފައިވާ ކަމަށެވެ.

ބޮޑުވަޒީރު މިއަދު ހުންނެވި މާލެ ވަޑައިގެން ރައީސް އޮފީހުގަ އެވެ. ބޮޑުވަޒީރު ހެނދުނު މާލެ ވަޑައިގަތުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވަރަށް ހޫނު މަރުހަބާއެއް ވެސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ދަނީ ބޮޑުވަޒީރުގެ މި ދަތުރުގެ ތެރެއިން ހަމަޖެހިފައިވާ ރަސްމީ ކަންކަމެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާ އާ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ރަސްމީ ވާހަކަތައް ބާއްވަވާނެ އެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ބައެއް އެއްބަސްވުންތަކުގައި ވެސް ސޮއިކޮށް، މި ދަތުރާ ބެހޭ ގޮތުން ދެ ގައުމުގެ އިސްވެރިން ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ސެޕްޓެމްބަރު 21، 1995 ގަ އެވެ.