Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުން އެމްޓީސީސީއަށް

ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފިއެވެ.

އެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 46.7 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މިމަޝްރޫއުގެ ދަށުން ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން، 570 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ، 375 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޤާއިމްކުރުން، އޮޑިއެހެލާ ސަރަޙައްދުގައި އެއްގަމު ތޮށްޓެއް ޤާއިމްކުރުމާއި 14 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޤާއިމްކުރުން ހިމެނެއެވެ.

މި މަޝްރޫއުތަކުގެ ދަށުން ހޮޅުދޫގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.