ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބޮޑުވަޒީރު ހުން ސެން ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނުއެވެ.
ބޮޑުވަޒީރު ހުން ސެންގެ ދަތުރުފުޅުގައި ރައީސް ސޯލިހުއާ ބައްދަލުކުރައްވާ، ކެމްބޯޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އެކިދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ދިވެހިރާއްޖެ އާއި ކެމްބޯޑިއާ އާއި ދެމެދު ބަދަލުކުރެވުނު 6 އެެއްބަސްވުން ބަދަލު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު، ރައީސްއާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ، ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.
މީގެއިތުރުން ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއިވެސް ބައްދަލުކުރައްވާފައެވެ.