ބަތަލާ އައިޝްވާރިއާ ރާއީ އަނެއްކާ ވެސް ތަމަޅަ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މި ފިލްމަކީ މަޝްހޫރު ތަމަޅަ އެކްޓަރު އަޖިތު ކުމާރު ބަތަލުގެ ރޯލު ކޮމެޑީ ތުރިލާއެއް ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ ވިގްނޭޝް ޝިވަން ކަމަށެވެ. ސަން ނިއުސް އިން ބުނި ގޮތުގައި އައިޝްވާރިއާ އަށް މި ފިލްމުގެ ސްޓޯރީ ލައިން ނެރޭޓްކޮށް ދިނުމާ އެކީ އޭނަ އަށް ހުށަހެޅި ކެރެކްޓާ ކަމުދިޔަލެއް ބޮޑުކަމުން އެއަށް ވަނީ ރުހުން ދީފަ އެވެ. އަދި ފިލްމުގެ ޓީމުން ރަސްމީކޮށް އެ އިއުލާން ކުރަން މިހާރު ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މިއީ ބޮޑު ބަޖެޓަކުން ހަދާ ފިލްމެއް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ 1994 ގެ މިސް ވޯލްޑްގެ އެންމެ ފަހުގެ ފިލްމަކީ ވެސް ތަމަޅަ ފިލްމެކެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ހިންދީ ބަހުން ވެސް އަޑު އަޅައިގެން ގެނެސްދިން ޕޮނިޔިން ސެލްވަން (ޕީއެސް) 1 އެވެ. މީގެ ދެވަނަ ބައި މިހާރު އޮތީ މި އަހަރުގެ އެޕްރީލް 28 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފަ އެވެ.
އައިޝްވާރިއާ އެކްޓިން އަށް ނުކުތީ ވެސް ތަމަޅަ ފިލްމަކުންނެވެ. އެއީ "ޕީއެސް" ގެ ޑައިރެކްޓަރު މަނީ ރަތުނަމްގެ 1997 ގެ "އިރުވަރު" އިންނެވެ. ރީތި އަދި މަގުބޫލު އެތައް ފިލްމެއް ކުޅެފައިވާ އައިޝްވާރިއާ ބޮލީވުޑަށް ތައާރަފުވީ އެ އަހަރުގެ "…އޯރް ޕިޔާރު ހޯ ގަޔާ" އިންނެވެ. އެކްޓަރު އަބީޝެކް ބައްޗަންގެ އަންހެނުންގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.