Last Updated: April 26, 10:52
Friday, April 26, 2024
ދުނިޔެ

ދެ ޕައިލެޓުންގެ ނިމުން ވެސް ހިތްދަތިކޮށް!

އަންޖޫ.

އާދީއްތަ ދުވަހު ނޭޕާލްގައި ވެއްޓުނު ޔެޓީ އެއާލައިންސްގެ މަތިންދާ ބޯޓުން ދަތުރު ކުރި އެންމެން ވަނީ މަރުވެފަ އެވެ. މި ހާދިސާގައި އެންމެ ބޮޑު ހިތާމައެއް ލިބުނު އެއް އާއިލާ އަކީ ވެއްޓުނު މަތިންދާބޯޓްގެ ކޯ-ޕައިލެޓެއްގެ ގޮތުގައި އިން އަންޖޫ ކަތިއަވާޅާ އެވެ. އޭނަގެ މަރާ އެކު އާއިލާ އަށް ލިބިފައި ވަނީ ވަރަށް ވެސް ފުން ހިތާމައެކެވެ.

އޭނަގެ މަރު ގުޅިފައި ވަނީ ވެސް ހަމަ މިފަދަ ހާދިސާއެކެވެ.

މީގެ 16 އަހަރު ކުރިން އަންޖޫންގެ އަލަތު ފިރިމީހާ ދީޕަކް ޕޮކްރެލް މަރުވީ ޔެޓީ އެއާލައިންސްގެ ބޯޓަކަށް ދިމާވި ހާދިސާއެއްގަ އެވެ. އޭނަ ކޯ-ޕައިލެޓެއްގެ ގޮތުގައި 2006 ގެ ޖޫން ގައި ދަތުރުކުރި ބޯޓްގައި އަލިފާން ރޯވެ ވެއްޓުނީ ހަނޑުލާއި ކާނާގެ އިތުރު ބާވަތްތަކެއް ބަރުކޮށްގެން ދަތުރު ކުރަނިކޮށެވެ. އެ ހާދިސާގައި ނުވަ މީހަކު މަރުވި އެވެ.

ދީޕަކް މަރުވިތާ 16 އަހަރު ފަހުން އަންޖޫ މަރުވެ، އާއިލާ ހިތާމައިގެ ފުން ކަނޑެއްގެ ތެރެއަށް ވައްޓާލި އިރު، އެ ދެމަފިރިންގެ ދަރިއަކު ވެސް އެބަ ހުއްޓެވެ. ފިރިމީހާ މަރުވުމުން އަންޖޫ ދެވަނަ ކައިވެންޏެއްކޮށް، އެ ކައިވެންޏަށް ވެސް ދަރިއަކު ލިބިފައިވެ އެވެ.

އަންޖޫގެ އާއިލާ އިން ވާހަކަ ދެއްކި ސަންތޯޝް ޝަރުމާ ކިޔައިދިން ގޮތުގައި އޭނަ ޕައިލެޓަކަށް ވާމް ބޭނުންވީ ވެސް އަލަރު ފިރިމީހާގެ ހަނދާނުގައި ކަމަށެވެ. އެގޮތުން ދީޕަކް މަރުވިތާ ހަތަރު ފަހުން އަންޖޫ ހުރީ ޕައިލެޓަކަށްވެފަ އެވެ.

"ފިރިމީހާ ވަކިވުމުގެ ހިތްދަތިކަން އަންޖޫ ބޭނުން ކުރީ ލިބުނު ހިތްވަރެއްގެ ގޮތުގައި. އެހެންވެ އޭނަ ޕައިލެޓަކަަށް ވާން ބޭނުންވީ." އެމެރިކާ އިން ޕައިލެޓް ކޯސް ހެދި އަންޖޫއާ ބެގޭ ގޮތުން ސަންތޯޝް ބުންޏެވެ.

އޭނަ ބުނި ގޮތުގައި ފިރިމީހާގެ ހަނދާނުގައި އަންޖޫން ހާސިލުކުރަން ބޭނުންވި ހާސިލުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެކަމަކު ދީޕިކް ވަކިވެ ދިޔަ ގޮތަށް އަންޖޫ ވެސް ވަކިވެ ދިއުމަކީ އާއިލާ އަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ސަންތޯޝް ބުންޏެވެ.

ޖުމްލަ 72 މީހުންނާ އެކީ ދަތުރު ކުރަނިކޮށް ޔެޓީ އެއާލައިންސްގެ ބޯޓް ވެއްޓި އެންމެން މަރުވި އިރު، އަންޖޫ އަކީ އެ އާލައިންގެ ހަ އަންހެން ޕައިލެޓުންގެ ތެރެއިން އެކެކެވެ. ޔެޓީ އެއާލައިންސްގައި މިހާތަނަށް އަންޖޫ އެތައް ސޯލޯ ދަތުރެއް ވެސް އަޅާފައިވެ އެވެ.