"މޭ ހޫ ނާ" އާއި "ވިވާ" ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅުނު ބަތަލާ އަމްރިތާ ރާއޯ ފޮތެއް ނެރެން އުޅޭކަން އިއުލާންކޮށްފި އެވެ.
"ކަޕްލް އޮފް ތިންގްސް" ގެ ނަމުގައި ނެރެން އުޅޭ މި ފޮތަކީ އަމްރިތާ އާއި އާއި ފިރިމީހާ އައްމޯލް ގުޅިގެން ލިޔެފައިވާ އެއްޗެކެވެ. އެ ފޮތް ވަރަށް އަވަހަށް ނެރޭނަކަން ދެ މީހުންގެ އިންސްޓަގްރާމްގައި ހިއްސާކުރި ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ. އައްމޯލް އަކީ ރޭޑިއޯ ޖޮކީ (އާރްޖޭ) އެވެ.
އަމްރިތާ އާއި އައްމޯލް ކައިވެނިކުރީ 2014 ގަ އެވެ. އެ ދެ މީހުންނަށް 2020 ގައި ފިރިހެން ކުއްޖަކު ވެސް ލިބިފައިވެ އެވެ.
އަމްރިތާ، 44، އާންމުންގެ ތެރޭގައި މަޝްހޫރުވީ ޝާހިދު ކަޕޫރްގެ ފުރަތަމަ ފިލްމު 2003 ގެ "އިޝްގް ވިޝްގް" އިންނެވެ. އޭގެ ފަހުން އޭނަ ކާމިޔާބު ފިލްމުތަކެއް ކުޅުނު ނަމަވެސް އަމްރިތާ އަކީ މިހާރު ވަރަށް މަދުން ނޫނީ ފިލްމުތަކުން ފެންނަ ބަތަލާއެއް ނޫނެވެ.
އޭނަގެ އެންމެ ފަހުހެ ފިލްމަކީ 2019 ގެ "ތާކްރީ" އެވެ.