Last Updated: April 27, 06:00
Saturday, April 27, 2024
ދުނިޔެ

ޗައިނާގެ އާބާދީ އަށް ބޮޑު ވެއްޓުމެއް

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި އޮތް ޗައިނާގެ އާބާދީ އަށް 60 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ފުރަތަމަ ފަހަރަށް ދަށްވުމެއް އަތުވެއްޖެ އެވެ.

ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކް (އެންބީސީ) އިން މިއަދު އާންމުިރު ތަފާސްހިސާބުތައް ދަައްކާ ގޮތުން މިދިޔަ އަހަރު އެ ގައުމުގެ އާބާދީ ދަށްވެފައިވެ އެވެ. އެގޮތުން އަހަރު ނިމުނު އިރު އާބާދީ އަކީ 1.411 ބިލިއަނެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާކިޔާ އިރު، 850،000 މީހުންގެ މަދުވުމެކެވެ.

މިދިޔަ އަހަރު ޗައިނާގެ އުފަންވާ ރޭޓް ވެސް ވަނީ ރެކޯޑް މިންވަރަަށް ދަށްވެފަ އެވެ. އެގޮތުން އުފަންވާ ނިސްބަތް އުޅުނީ ކޮންމެ ހާހަކުން 6.77 ގަ އެވެ. އޭގެ ކުރީ އަހަރު އެ ނިސްބަތް އުޅުނީ 7.52 ގަ އެވެ. މިދިޔަ އަހަރު އާބާދީގެ ނިސްބަތަށް އައި ވެއްޓުމާ އެކީ މިއީ 1961 ގެ ފަހުން އާބާދީ ދަށްވި ފުރަތަމަ ފަހަރެވެ.

މިދޔަ އަހަރު ޗައިނާގައި އުފަންވީ 9.56 މިލިއަން ކުދިންނެވެ. އޭގެ ކުރީ އަހަރު 10.62 މިލިއަން ކުދިން އުފަންވި އެވެ.

ފަހަކަށް އައިސް ޗައިނާގެ އާބާދީ ދަށްވަމުން އަންނާތި އެ ގައުމުގެ ސަރުކާރުން އަންނަނީ ދަރިން ހޯދުމަށް ހިތްވަރު ވެސް ދެމުންނެވެ. އެގޮތުން ކޮންމެ ދެމަފިރިއަކު ވެސް މަދުވެގެން ދެ ކުދިން ހޯދުމަށް ބާރު އަޅަ އެވަ. އަދި ދަރިން ހޯދަން ހިތްވަރު ދިނުމުގެ ގޮތުން ތަފާތު އިންސެންޓިވްތައް މި ފަހުން ސަރުކާރުން އިއުލާންކޮށްފައިވެ އެވެ.

ޗައިނާގެ އާބާދީ ދަށްވަމުންދާ އިރު، އދ. އިން މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިއާ މި އަހަރު، އެންމެ އާބާދީ ބޮޑު ގައުމަށް ވާނެ އެވެ.