Last Updated: June 23, 13:06
Tuesday, June 23, 2026
ޚަބަރު

މާޗް މަހު ފުލުހުންގެ ކޮންފަރެންސެއް

"ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން" ގެ ނަމުގައި މާދަމާ ކޮންފަރެންސް ފަށާ ގޮތަށް ނިންމައިފި އެވެ.

މާޗް މަހުގެ 18-20 އަށް ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސްގެ ތީމަކީ "ދަ ފިއުޗާ އޮފް ޕޮލިސިން" އެވެ. މިއީ ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން ފުލުހުންގެ ބޯޑުން އިންތިޒާމުކޮށްގެން ބާއްވަން ނިންމި ކޮންފަރެންސެލެވެ.

މި ކޮންފަރެންސާ ބެހޭ ގޮތުން މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މިއީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ ފަދަ ހިދުމަތަކަށް ހަދައި، ފުލުހުން ދެމުންގެ ހިދުމަތްތައް ހަރުދަނާ ކުރެވޭނެ ކަންކަން ދެނެގަތުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ.

"މި ކޮންފަރެންސް ވާނީ ފުލުހުންގެ ޚިދުމަތް ރައްޔިތުން އެދޭފަދަ ބޭނުންވާފަދަ ޚިދުމަތަކަށް ހެދުމަށް ރައްޔިތުންގެ ފަރާތުން ޚިޔާލު ހުށަހެޅުމަށް އެންމެ ތަނަވަސްކޮށް ފުރުސަތު ލިބިގެންދާ ފޯރަމަކަށް." މިނިސްޓަރު ވިދާޅުވި އެވެ.

މިކޮންފަންސާ ގުޅޭ ގޮތުން ކުރީގެ ފުލުހުންގެ ބޯޑުގެ ޗެއާމަން އަދި ކުރީގެ ސީޕީ އަހުމަދު ފަސީހު ވިދާޅުވީ މިއީ ފުލުހުންގެ ތަރީހުގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސް ކަމަށެވެ.

ކޮންފަރެންސުގައި 10 ދާއިރާއަކުން ދިރާސާ ކަރުދާސް ހުށައެޅުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ކްރައިމް ޕްރިވެންޝަން، ނެޝަނަލް ސެކިއުރިޓީ އެންޑް ކައުންޓާ ޓެރެރިޒަމް، ފައިނޭޝަލް ކްރައިމް އެންޑް އެންޓި މަނީ ލޯންޑަރިން، ސައިބާ ކްރައިމް، ފޮރިންސިކް ލީޑަޝިޕް އޯގައިނޭޝަން ރެސިލިއަންސް، އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ، ޓްރާސްޕޯޓް އެންޑް މެރިޓައިމް ސެކިއުރިޓީ، އެފެޝެންސީ އެންޑް އެފްޓިވްނެސް އަދި ރޯޑް ސޭފްޓީ ހިމެނެ އެވެ.