ޕާކިސްތާންގެ މަޝްހޫރު ވަކީލެއް ކަމަށްވާ އަދި އިންސާނީ ހައްގުތަކަށް ވަކާލާތުކުރައްވާ އަބްދުއްލަތީފު އަފްރީދީ އަށް ބަޑިން ހަމަލާ އަވަހާރަކޮށްލައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ޕާކިސްތާންގެ ސުޕްރީ ކޯޓްގެ ބާ އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވާފައިވާ 79 އަހަރުގެ ވަކީލަށް ބަޑިން ހަމަލާދީ އިއްޔެ އަވަހާރަކޮށްލީ ޒުވާން ވަކީލެކެވެ. އެއީ އުމުރުން 24 އަހަރުގެ އަދުނާން ސާމީ އަފްރީދީ އެވެ. އޭނާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ލަތީފަށް އަދުނާން ހަމަލާދިނީ ކޮން ސަބަބަކާ ހުރެކަން އަދި ސާފު ނުވިޔަސް މިއީ ބަދަލު ހިފުމެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ލަތީފަށް އަދުނާން ހަމަލާ ދިނީ ޕިޝާވަރުގެ ކޯޓް އިމާރާތެއްގަ އެވެ. އަދި ދުވަސްވީ ވަކީލުގެ ގަޔަށް ޒުވާން ވަކީލު ހަ ފަރަހަށް ބަޑިން ހަމަލާ ދީފައިވެ އެވެ.
ލަތީފް އަވަހާރަކޮށްލުމާ ގުޅިގެން ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ހިތާމަ ފާޅުކޮށް ޓްވީޓްކުރައްވާފައިވެ އެވެ.